ދިވެހިރާއްޖެ
ނަންބަރު: IUL)MMPRC/1/2019/9)
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
މި ކޯޕަރޭޝަންގެ 2018 ވަނަ އަހަރުގެ މާލީ ޙިސާބުތައް (ފައިނޭންޝަލް ސްޓޭޓްމެންޓް) އަދި ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީ.ޕީ.ޓީ) ބަޔާން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު: IUL)MMPRC/1/2019/8) ޢިއުލާނާ ގުޅިގެން، މަޢުލޫމާތު ސާފުކުރުމަށް އެކަށީގެންވާ އަދަދަށް ބޭފުޅުން ވަޑައިގެންފައިނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތްކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 2019 މާރިޗު 03 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް، މަޖީދީމަގުގައި ހުންނަ މިކޯޕަރޭޝަނަށް (ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ހިންގި އިމާރާތުގެ ފުރަތަމަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 މާރިޗު 07 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް، އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
20 ޖުމާދަލްއާޙިރާ 1440 ހ.
25 ފެބްރުއަރީ 2019 މ.