ވަޒީފާގެ ފުރުޞަތު
ނަންބަރު: 188-SHRD/IUL/2019/19
ޕަބްލިޝްކުރި ތާރީޚް: 25 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 14:29
ސުންގަޑި: 05 މާރިޗު 2019 14:30
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ

މަޤާމު:

ޑިރެކްޓަރ

ރޭންކު:

CSC6-1

ކްލެސިފިކޭޝަން:

ސީ.އެސް.ސީ ޕްރޮފެޝަނަލްސް

ޔުނިޓް:

ސިސްޓަމްސް މެނޭޖްމަންޓް

މައިގަނޑު މަސައްކަތް:

ސިވިލް ސަރވިސް ކޮމިޝަނުގެ ނެޓްވަރކް، ސަރވަރ އަދި އައިސީޓީއާ ގުޅޭ އެންމެހައި ކަންތައްތައް ހިންގާ ބެލެހެއްޓުން

މުސާރަ:

މަހަކު -/11390 ރުފިޔާ

ސަރވިސް އެލަވަންސް:

ދުވާލަކަށް  -/188 ރުފިޔާ

ކޮމިޝަން އެލަވަންސް:

މަހަކު  -/3986.50 ރުފިޔާ (އަސާސީ މުސާރައިގެ %35)

އޯވަރޓައިމް އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

ގިންތި:

ދާއިމީ

އަސާސީ ޝަރުތު:

ސޮފްޓްވެއަރ އިންޖިނިއަރިންގ، އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ޕްރޮގްރާމިންގ، ވެބް އެންޑް އެޕްލިކޭޝަން ޑިވަލޮޕްމަންޓް، އިންފޮމޭޝަން ސިސްޓަމްސް މެނޭޖްމަންޓް ނުވަތަ ކޮމްޕިއުޓަރ ސައިންސުގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

ސޮފްޓްވެއަރ އިންޖިނިއަރިންގ، އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ޕްރޮގްރާމިންގ، ވެބް އެންޑް އެޕްލިކޭޝަން ޑިވަލޮޕްމަންޓް، އިންފޮމޭޝަން ސިސްޓަމްސް މެނޭޖްމަންޓް ނުވަތަ ކޮމްޕިއުޓަރ ސައިންސުގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

މި މަޤާމުގެ "ޓަރމްސް އޮފް ރެފަރެންސް" (މަގާމުގެ މަސްއޫލިއްޔަތު، ޒިންމާ އަދި މަސައްކަތްތައް) ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑުކުރެވޭނެއެވެ.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

05 މާރިޗު 2019 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނަށް (ހެންވޭރު، މަޖީދީ މަގު، 20040)

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް. (ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ސެޓްފިކެޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ) 
  4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަގާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  5. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިން ސައްތަ: 20)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިން ސައްތަ: 15)
  • ލިބިފައިވާ ހުނަރު،ފެންވަރު،ގާބިލުކަން އަދި ސިފަ (ކަނޑައެޅިފައިވާ އިން ސައްތަ: 65)
  • ޕްރެކްޓިކަލްސް - (ކަނޑައެޅިފައިވާ އިން ސައްތަ: 30)
  • އިންޓަވިއު އަދި ޕްރެޒެންޓޭޝަން - (ކަނޑައެޅިފައިވާ އިން ސައްތަ: 35)

ޝޯޓް ލިސްޓު ކުރެވޭނެ ކްރައިޓީރިއާ:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ، އަދި މަސައްކަތުގެ ހުނަރާއި ވަޒީފާ އަދާކުރުމުގެ ގާބިލްކަން ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސް/އިމްތިހާން 2019 މާރިޗު 06 ން2019 މާރިޗު 20 އާ ދެމެދު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ (ހެންވޭރު، މަޖީދީ މަގު، 20040) މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3307307 ނުވަތަ 3307306 ނަންބަރު ފޯނާއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަނުގެ ވެބްސައިޓް http://www.csc.gov.mv ގައި ވާނެއެވެ.

 

20 ޖުމާދަލްއާޚިރަ 1440ހ                                   

25 ފެބުރުވަރީ 2019