ކުއްޔަށް ދިނުން
ނަންބަރު: (IUL)339-ESMS/339/2019/21
ޕަބްލިޝްކުރި ތާރީޚް: 25 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 13:53
ސުންގަޑި: 06 މާރިޗު 2019 13:15
އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގުދަން ހެދުމަށް ބަނދަރު ސަރަހައްދުން ބިން ކުއްޔަށް ދޫކުރުމާއިބެހޭ

މި އިޢުލާންވަނީ 03 މާރިޗު 2019 08:22 ގައި ބާތިލް ކުރެވިފައެވެ.


މި އިދާރާގެ ނަންބަރު:IUL)339-ESMS/339/2019/17)  ފެބުރުވަރީ 2019) އިޢުލާނުގައި ބައެއް މަޢުލޫމާތު ހިމެނިފައިނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

       ތެލުގެ ވިޔަފާރިކުރުމަށް ތޮއްޑޫ ބަނދަރު ސަރަހައްދުން 1200 އަކަފޫޓްގެ 2 ބިން 10 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށްވަނީ ނިންމާފައެވެ. އަދި ބިމުގެ ކުލީގެ ގޮތުގައި އަކަފޫޓަކަށް އެންމެ ކުޑަވެގެން ހުށައެޅޭނީ ފަންސާސްލާރިއެވެ.

     ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށައެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

  

މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށަހެޅުން 

ތަފްޞީލް

ތަން

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

ތޮއްޑޫ ކައުންސިލްގެ އިދާރާ

6 މާރިޗު 2019

ބުދަ

13:15

އަންދާސީ ހިސާބު ހުށަހެޅުން

ތޮއްޑޫ ކައުންސިލްގެ އިދާރާ

14 މާރިޗު 2019

ބުރާސްފަތި

13:15

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ވިޔަފާރިރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުންރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތައް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާފަރާތްތައްކަމުގައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގައި ކޮންމެ މީހަކަށްވެސް ތަމްސީލް ކުރެވޭނީ އެއް ވިޔަފާރީގެ ނަމުގައެވެ.

 

މަޢުލޫމާތު ސާފުކުރަން ވަޑައިގަންވާއިރު ތިރީގައި މިދަންނަވާ ތަކެތި ގެންނަވަންވާނެއެވެ. 

  • ވިޔަފާރި ރަޖިސްޓްރޭޝަން އަދި އައި.ޑީ.ކާޑު ކޮޕީ.
  • ބަދަލުގައި މީހަކު ފޮނުވާނަމަ އެކަންއެގޭނެ ލިއުން.
25 ފެބުރުވަރީ 2019