ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީއާއި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލް މީހެކެވެ.
މަޤާމް: |
މަސައްކަތު |
މަޤާމުގެ ނަންބަރު: |
J- 251232 |
ބޭނުންވާ އަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކް: |
އެސް. އެސް. 1 |
މަޤާމުގެ ކްލެސިފިކޭޝަން: |
ސަޕޯރޓް ސްޓާފް ގްރޭޑް 1 |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ވ. އަތޮޅު ފެމިލީ އެންޑް ޗިލްރަން ސަރވިސް ސެންޓަރ، ވ.ފެލިދޫ |
ޑިޕާޓްމަންޓް/ ޑިވިޜަން/ ސެކްޝަން |
ވ. އަތޮޅު ފެމިލީ އެންޑް ޗިލްރަން ސަރވިސް ސެންޓަރ ސަބް ޔުނިޓް |
މުސާރަ: |
-/3100 ރުފިޔާ |
ސަރވިސް އެލެވަންސް: |
-/1000 ރުފިޔާ |
އެހެނިހެން އެލަވަންސް: |
|
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1) އޮފީހުގެ އެތެރެއާއި ބޭރު ކުނިކަހާ ފޮޅާ ސާފުކޮށް ބެލެހެއްޓުމާއި، ފާހާނާ ސާފުކޮށް ބެލެހެއްޓުން. 2) ސެންޓަރުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި އެހެނިހެން ތަކެތި ބެހުން. 3) ސެންޓަރުން ބަލަހައްޓަންޖެހޭ ތަންތަން ކުނިކަހާ ސާފުކުރުމަށް ހަމަޖެހިފައިވާ އުޞޫލުން އެތަންތަން ކުނިކަހާ ސާފުކުރުން. 4) ސެންޓަރަށް ހޯދަންޖެހޭ ތަކެތީގެ އަގު ބެލުމާއި، އެތަކެތި އެތަންތަނުން ނަގައި ސެންޓަރަށް ގެނެސް ދިނުން. 5) ސެންޓަރަށް ހުށަހެޅޭ ބައެއް މައްސަލަތަކުގައި ޙާޟިރުކުރަންޖެހޭ މީހުން ސެންޓަރަށް ޙާޟިރު ކުރުވުމުގައި އެހީތެރިވެދީ އެފާރާތަކަށް ޗިޓް ޙަވާލުކުރުން. 6) ސެންޓަރަށް އެކި ފަރާތްތަކުން ފޮނުވާ ތަކެތި ދޯނިން ނަގައި ސެންޓަރަށް ގެނެސްދިނުމާއި، ސެންޓަރުން މާލެ ފޮނުވަންޖެހޭ ތަކެތި ދޯންޏާއި ޙަވާލުކުރުން. 7) ސެންޓަރަށް/އަމާންހިޔާއަށް ދަޢުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުދިން ބެލެހެއްޓުމުގެ މަސައްކަތަށް ދިއުމަށް ސެންޓަރުން އަންގައިފިނަމަ، އެ މަސައްކަތް ކުރުން. 8) ސެންޓަރު/އަމާންހިޔާގައި ބަލަހައްޓާ ކުދިންނަކީ ތަފާތު ނަފްސާނީ، ޖިސްމާނީ އަދި އިޖްތިމާއީ ގޮންޖެހުން ތަކާއި އެކު އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުޑަވެ މާޔޫސީ ހާލަތެއްގައި ގެނެވޭ ކުދިން ކަމަށްވާތީ، މިކަން އަބަދުވެސް ހަނދާންކޮށް، ކުދިންގެ ހާލަތު ދެނެގަންނަން އަދި އެހީތެރިވާ ފަރާތެއް ކަމުގައިވެ، ކުދިންގެ ލާބައަށް އަބަދުވެސް މަންފާއަށް މަސައްކަތް ކުރުން. 9) ސެންޓަރު/އަމާންހިޔާގައި ބަލަހައްޓާ ކުދިންނަށް އަދަބާ ޚިލާފު ވީޑިއޯއާއި، ފޮޓޯ އަދި މިނޫންވެސް މިފަދަ އެއްވެސް މަންޒަރެއް އެކުލެވޭ އެއްވެސް އެއްޗެއް ނުދެއްކުން. 10) ސެންޓަރު/އަމާންހިޔާގައި ބަލަހައްޓާ ކުއްޖަކަށް އެއްވެސް ކަހަލަ ޖިސްމާނީ އަދި ނަފްސާނީ އަނިޔާއެއް ނުވަތަ އިހްމާލެއް ނުދިނުމަށާއި އެފަދަ އަނިޔާއެއް ކުރަނިކޮށް ފެނިއްޖެނަމަ ނުވަތަ ކުއްޖެއްގެ ފަރާތުން މަޢުލޫމާތު ލިބިއްޖެނަމަ އެކަން ވަގުތުން މެނޭޖްމަންޓްގެ ސަމާލުކަމަށް ގެނައުން. 11) ސެންޓަރު/އަމާންހިޔާގައި ބަލަހައްޓާ ކުއްޖެއްގެ ކައިރީގައި ޑިއުޓީ އަދާކުރަންޖެހިއްޖެ ހިނދެއްގައި ސެންޓަރުން ކަނޑައަޅާފައި ހުންނަ ޤަވާއިދުތަކަށް އިޚްތިރާމުކޮށް އެގޮތަކަށް އަމަލު ކުރުން. 12) އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން. |
މަޤާމުގެ ޝަރުޠުތައް: |
ލިޔަންކިޔަން އެނގުން. (ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކޮށްފައިވާ ލިޔުން) |
ހުށަހަޅަންޖެހޭ ލިޔުންތައް:
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 މާރިޗު 06 ވާ ބަދަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ބިއްލޫރިޖެހިގެ، މަޖީދީމަގު) ނުވަތަ ވ. އަތޮޅު ފެމިލީ އެންޑް ޗިލްރަން ސަރވިސް ސެންޓަރ އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 މާރިޗު މަހު، ވ. އަތޮޅު ފެމިލީ އެންޑް ޗިލްރަން ސަރވިސް ސެންޓަރ ގައެވެ. |
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3027551 ނަންބަރު ފޯނަށް، ނުވަތަ 6700038 ނަންބަރު ފޯނަށެވެ. |
|
20 ޖުމާދަލްއާޚިރާ 1440ހ 25 ފެބްރުވަރީ 2019މ |