ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)374-C/374/2019/15
ޕަބްލިޝްކުރި ތާރީޚް: 24 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 09:12
ސުންގަޑި: 04 މާރިޗު 2019 14:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީ ކޮންޓެކްޓުގައި ކުނިމެނޭޖުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

  ކުނިމެނޭޖުކުރުމުގެ މަސައްކަތުގެ ދަށުން ކުނިކޮށީގެ މަސައްކަތަށް 1 (އެކެއް) މަސް ދުވަހުގެ މުއްދަތަށް ވަގުތީ ކޮންޓެކުޓްގައި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ބޭނުންވާ އަދަދު : 2

މުސާރަ : މަސައްކަތް ކުރާކޮންމެ ދުވަހަކަށް -/200 (ދުއިސައްތަ ރުފިޔާ)

ކުރަންޖެހޭ މަސައްކަތް:

1.  ކުނީގެ ޚިދުމަތަށް އެދި މިއިދާރާގައި ރަޖިސްޓްރީކޮށްފައިވާ ތަންތަނުގެ ކުނި ދުވަހުން ދުވަހަށް ނަގައި ކުނިކޮށްޓަށް ގެންދިއުން

2. ކުނިކޮށްޓަށް ގެންދާ ކުނީގެ ބާވަތްތައް ވަކިކޮށް،ވަކިކުރާ ކުނި އެއްތަނަކަށް ތަރުތީބުން ޖަމާކުރުން.

3. ކުނިކޮށްޓަށް ގެންދާ ކުނި . ކުނީގެ އެކި ބާވަތްތައް ވަކިކުރުމަށްހަދާފައިވާ ތަޅުންގަޑަށް އަޅައި  އެކިބާވަތުގެ ކުނިތައް ވަކިކޮށް ހަމަ އެކަނި ފަތްކުނި އެންދުމަށް ތައްޔާރުކުރުން

4. ގޭގެއިން ނަގާ ބަދިގޭ ކުނި (ކުނިވާޒާތުގެ ކާބޯތަކެތި) މަސްމާރުކޭޓުގެ އަތިރީގައި ބަހައްޓާފައި ހުރި ހަންތަކަށް އެޅުމާއި ހަމަށް އަޅާ ކުނީގެ ތެރޭގައި ކުނީގެ އިތުރުން އެއްވެސް އެއްވެސް އެއްޗެއް އޮތްތޯ ބެލުމާއި އޮތްނަމަ ނެގުން.

5. މީގެ އިތުރުންވެސް ކުނިކޮށީގައި ކުރަންޖެހޭ ތަފާތު އެކިއެކި މަސައްކަތްތައް

 

  ވީމާ މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ބޭފުޅުން 2019 މާރިޗް 4 ވަނަ ދުވަހުގެ  14:00  ގެ ކުރިން ސިޓީއަކުން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.

 

  ވީމާ މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

19  ޖުމާދަލްއާޚިރާ 1440

24 ފެބުރުވަރީ    2019

24 ފެބުރުވަރީ 2019