ދިވެހިރާއްޖެ
އޮޑިޓް ކޮށްދޭނެ ފަރާތެއް ހޯދުން:
މިއިދާރާއާއި މިއިދާރާގެ ބެލުމުގެ ދަށުން ހިންގާ މިދަންނަވާ ތަންތަނުގެ 2018 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ މިއިދާރާގެ ނަންބަރު(IUL)374-C/374/2019/1 (6 ޖަނަވރީ 2019 ) ގެ އިއުލާނާއި ގުޅިގެން ކުރިމަތިލައްވާފައިވަނީ އެންމެ ފަރާތަކުންކަމުގައިވާތީ އެ އިއުލާން ބާތިލް ކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
1. ނިލަންދޫ ރައްޔިތުންގެ އިންޖީނުގެ
2. ނިލަންދޫ ރައްޔިތުންގެ ތެއު ސެންޓަރު
3.ނިލަންދޫ ރައްޔިތުންގެ ތެއު ސެންޓަރު
ވީމާ މިކަމަށް ޝައުޤުވެރިވާ އޮޑިޓް ފާމުތަކުން 2019 މާރިޗް 11 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ޖެހޭނެކަމަށް މިއިއުލާނުގައި ބަޔާންކޮށްފައިވާ ގަޑި ޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އަންދާސީ ހިސާބު އޮންނަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ނިލަންދޫ ކައުންސިލާއި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަން އޮޑިޓް ކޮށްދިނުން އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ. އޯޑިޓް ކުރުމާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް2019 ފެބުރުވަރީ 25 ވަނަ ދުވަހުނެ ފެށިގެން 2019 މާރިޗް މަހުގެ 10 ވަނަ ދުވަހުގެ 12:00 އާ ހަމައަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެދުނު 9:00 ން މެންދުރު ފަހު 2:00 އާދޭތެރޭ މިއިދާރާގެ ނަންބަރު 6740016 ފޯނާއި ގުޅުއްވުމުން މައުލޫމާތު ސާފުކޮށްދޭނެ ކަމުގައި ދަންނަވަމެވެ.
19 ޖުމާދަލްއާޚިރާ 1440
24 ފެބުރުވަރީ 2019