ވަޒީފާގެ ފުރުޞަތު
ނަންބަރު: 60-ADM/2019/45
ޕަބްލިޝްކުރި ތާރީޚް: 24 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 08:18
ސުންގަޑި: 04 މާރިޗު 2019 12:30
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އޭބީ އަދި ސެކަންޑް އޮފިސަރެއް ބޭނުންވެއްޖެ

ވަޒީފާގެ ފުރުޞަތު

މި ކުންފުނީގެ މި ދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް 

އަސާސީމުސާރަ: ދެފަރާތުން އެއްބަސްވާ ގޮތުގެމަތިން ހަމަޖައްސައިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭތަން: މޓ. އަލިހުރަސް

#

މަޤާމު

ބޭނުންވާ އަދަދު

މަޤާމްގެ މަސްއޫލިއްޔަތު

01

އޭބީ

1 (އެކެއް)

  • ހަމަޖެހިފައިވާއުސޫލްތަކާ އެއްގޮތަށް، ރައްކާތެރިކަމާ ހުނަރުވެރިކަމާއެކު އުޅަނދުގެ އޮޕަރޭޝަނަށް އެހީތެރިކަންދިނުން،
  • ހަމަޖެހިފައިވާއުސޫލްތަކުގެމަތިން ބޯޓްގެ ޑިއުޓީއާއި، ޕޯޓްގެޑިއުޓީތައް ބެލެހެއްޓުން،
  • ހަވާލްކުރެވޭ މަސައްކަތްތައް ފަރުވާތެރިކަމާއެކު ކުރުން،
  • މޫރިންސްޓޭޝަންގެ މަސައްކަތްތައްކުރުން،މުދާއަރުވާ، ބާލާއިރު،އެހީތެރިކަންދިނުން
  • ސެކިއުޓީ އޮފިސަރ ހަމަޖައްސާފައިވާ އުސޫލްތަކާ އެއްގޮތަށް، އުޅަނދުގެ އެންމެހައި ކަމެއް ކުރިއަށްގެންދިއުން.

02

ސެކަންޑް އޮފިސަރ

1 (އެކެއް)

  • އުޅަނދުގެ ނެވިގޭޝަނަށް ބޭނުންވާ އެންމެހައި ސާމާނު (ސަކްސްޓަންޓް، ކޮރުނޯމީޓަރ، ރާޑަރ، އެކޯސައުންޑަރ، މެގްނެޓިކްކޮމްޕާސް ފަދަތަކެތި) ހުރީ ލިސްޓްކުރެވި، ހަމައަށްތޯބެލުން.
  • އަދި ދަތުރުމަތީގައި ލިސްޓްކުރެވިފައިވާތަކެއްޗަށް ގެއްލުމެއްލިބިފައިވާނަމަ އެކަން ކެޕްޓަނަށް އެންގުން.
  • ތާރޑްއޮފިސަރުގެޑިއުޓީ ރައްކާތެރިކަމާއިއެކު ބެލެހެއްޓުމާއި، ދިމާވާ އެންމެހައި ކަންތައްތައް ލޮގްފޮތުގައި ލިޔެފައި ބެހެއްޓުން،
  • އުޅަނދުގެ މެންދުރުގެ ޕޮޒިޝަން ކެޕްޓަނަށް ރިޕޯޓްކުރުން.
  • ފުރުމުގެކުރިން ދަތުރުޕްލޭންހަދާ ކެޕްޓަނަށްދައްކާ އެ ޕްލޭން އެޕްރޫވކުރުމާއި ސޮއިކުރުވުން.
  • އުޅަނދުގެ ބޭސްލޮކަރުން ކްރޫންނަށްދެވޭބޭހާއި މަދުވާބޭސް ބެލެހެއްޓުމާއި، މަދުވާބޭސް ކަމާބެހޭފަރާތުން ހޯދުން.
  • އަދި މިނޫނަސް ކަމާބެހޭ އެންމެހައިކަންތައް ފަރުވާތެރިކަމާއިއެކު ކުރުން.
  • ދަތުރުކުރާއިރު ބްރިޖް ޑިޔުޓީއާއި ބަނދަރުގައި ހަމަޖެހިފައިވާ އުޞޫލުން ޑިޔުޓީ ކުރުން
  • މުދާ އަރުވާ ބޭލުމުގައި ޗީފް އޮފްސަރަށް އެހީތެރިވެ އެއްބާރުލުން ދިނުން

އެހެނިހެން އިނާޔަތްތައް

  • ފިކްސްޑް އޯވަރޓައިމް އެލަވަންސް
  • ސަޕްލިމެންޓްރީ އެލަވަންސް
  • ޓޭންކަރ އެލަވަންސް
  • ޖީ.އެމް.ޑީ.އެސް.އެސް އެލަވަންސް

ފެންވަރު ނުވަތަ ޝަރުތު

  • ސެޓުފިކެޓު އޮފް ކޮންޕީޓެންސީ ލިބިފައިވުން
  • މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ގަވައިދާެއެއްގޮތަށް ހޯދަންޖެހޭ ސެޓްފިކެޓްތަކާއި ހަދަންޖެހޭ ތަމްރީންތައް ހަދާފައިވުން

އެހެނިހެން ހުނަރު / ތަޖުރިބާ

  • މަދުވެގެން 3 އަހަރު ދުވަހު ޓޭންކަރއެއްގައި އުޅެފައިވުން
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ ސިއްހަތު ރަގަޅު މީހެއް ކަމުގައިވުން

އެހެނިހެން ޑޮކިއުމެނޓްސް

  • މުއްދަތު ހަމަނުވާ ޕާސްޕޯރޓް
  • ސީ.ޑީ.ސީ
  • މެޑިކަލް ފިޓްނަސް ސެޓްފިކެޓް

ސުންގަޑި

މި މަޤާމްތަކަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2019 މާރޗް 04 ވާ ހޯމަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯއަށް ވަޒީފާއަށް އެދި ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް މިކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓުން (http://sto.mv/Downloads.aspx) ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

ނޯޓް

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއިއެކުގައެވެ)
  • މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުތަޖުރިބާ އަދި އިންޓަވިއުއަށްބަލައި އެންމެމަތިން މާކްސްލިބޭ ފަރާތްތަކެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
  • ގުޅޭނެ ނަންބަރު:3344245  / އީމެއިލް އެޑްރެސް:[email protected]
24 ފެބުރުވަރީ 2019