ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (A)DC-2019/087
ޕަބްލިޝްކުރި ތާރީޚް: 24 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 20:39
ސުންގަޑި: 04 މާރިޗު 2019 14:00
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
އިލެކްޝަންސް ކޮމިޝަނުންދޭ ނަމޫނާއާއި އެއްގޮތަށް ސްޓާފުންގެ އެކްޓިވިޓީ ޔުނީފޯމް އަދި އޮފިޝަލުންގެ ކިޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މި އިޢުލާންވަނީ 26 ފެބުރުވަރީ 2019 23:34 ގައި ބާތިލް ކުރެވިފައެވެ.


 ނަންބަރ: A)DC-2019/087)

އިޢުލާނު

އިލެކްޝަންސް ކޮމިޝަނުންދޭ ނަމޫނާއާއި އެއްގޮތަށް ސްޓާފުންގެ އެކްޓިވިޓީ ޔުނީފޯމް އަދި އޮފިޝަލުންގެ ކިޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

1. އިލެކްޝަންސް ކޮމިޝަނުންދޭ ނަމޫނާއާއި އެއްގޮތަށް ސްޓާފުންގެ އެކްޓިވިޓީ ޔުނީފޯމް އަދި އޮފިޝަލުންގެ ކިޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

ޕްރޮޖެކްޓް ނަންބަރު

ޕްރޮޖެކްޓް ނަން

ބިޑް ސެކިޔުރިޓީ އަދަދު

38/2019/G-005

އިލެކްޝަންސް ކޮމިޝަނުންދޭ ނަމޫނާއާއި އެއްގޮތަށް ސްޓާފުންގެ އެކްޓިވިޓީ ޔުނީފޯމް އަދި އޮފިޝަލުންގެ ކިޓްސަޕްލައިކުރުން

-/10,000 ރުފިޔާ

2. ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީ މި އިޢުލާނުގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޢަދަދަށް ހުށަހަޅަން ޖެހޭނެއެވެ. ބިޑު ސެކިޔުރިޓީ ވާންޖެހޭނީ ސަރުކާރަށް ޤަބޫލުކުރެވޭ ބޭންކަކުން ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޓް (ދިވެހިރާއްޖޭގައި ޤާއިމްކުރެވިފައިވާ) އަކުން އެ ޕްރޮޖެކްޓަކަށް ދޫކޮށްފައިވާ ސެކިޔުރިޓީއަކަށެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 120 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ ލިބޭނީ، އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުންނެވެ.

3. ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސް މި އިއުލާނާ އެކު އެޓޭޗް ކުރެވިފައިވާނެއެވެ. މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2019 މާރޗް 3 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން،  [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ.

4. ބީލަން ހުޅުވުން އޮންނާނީ 2019 މާރޗް 4 ވާ ހޯމަ ދުވަހުގެ 14:00 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ

19 ޖުމާދަލްއާޚިރާ 1440

24 ފެބުރުވަރީ 2019