ވަޒީފާގެ ފުރުޞަތު
ނަންބަރު: FEST/IUL/2019/06
ޕަބްލިޝްކުރި ތާރީޚް: 24 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 19:47
ސުންގަޑި: 27 ފެބުރުވަރީ 2019 14:00
ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
Part-time Lecturer

ޕާރޓްޓައިމް ލެކްޗަރަރއިން ބޭނުންވެއްޖެ

ފެކަލްޓީ އޮފް އެންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ

މާލެ، ދިވެހިރާއްޖެ

މިިފެކަލްޓީގެ ކޯސްތަކުގައި ތިރީގައިވާ މާއްދާތައް ކިޔަވައިދެއްވާނެ ޕާރޓްޓައިމް ލެކްޗަރަރއިން ބޭނުންވެއެވެ.

ދާއިރާ:

އިންފޮމޭޝަން ޓެކްނޮލޮޖީގެ މާއްދާތައް

ޝަރުތު:

މާއްދާ އާއި ގުޅޭ ދާއިރާއަކުން ދަށްވެގެން މާސްޓާރސް ޑިގުރީ ހާސިލްކޮށްފައިވުން ނުވަތަ މާއްދާ އާއި ގުޅޭ ދާއިރާއިން ބެޗެލާރސް ޑިގްރީ ހާސިލްކޮށްފައިވުމާ އެކު ޓާރޝަރީ އިންސްޓިޓިއުޓެއްގައި ކިޔަވައިދިނުމުގެ 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

އުޖޫރަ:

ލެވެލް 100 ނުވަތަ އެއަށްވުރެ ދަށުގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ

ލެވެލް 200 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/225 ރުފިޔާ

ލެވެލް 300 އަދި 400 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/275 ރުފިޔާ

ލެވެލް 500 ނުވަތަ އެއަށްވުރެ މަތީގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/500 ރުފިޔާ

މީގެ އިތުރަށް މާރކުކުރާ އެސައިންމަންޓް ތަކަށާއި، އިމްތިހާން ކަރުދާސް މާރކުކުރުމަށް ހަމަޖެހިފައިވާ އުސޫލުން އުޖޫރަ ދެވޭނެއެވެ.

ސިޓީ އާއި އެކު ހުށައަޅަންޖެހޭ ތަކެތި:

1-     ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

2-     ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

3-     ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

އިތުރު މަޢުލޫމާތު:

-       ކުލާސްތައް އޮންނާނީ ކަނޑައެޅޭ ތާވަލާ އެެއްގޮތަށެވެ.

-       މިމަޤާމްތަކަށް މީހުން ހޮވުމުގައި މިދާއިރާތަކުން ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

-       އިތުރު މަޢުލޫމާތު ބޭނުންފުޅު ނަމަ މިސެންޓަރުގެ ނަމްބަރު 3345444 ފޯނާ ގުޅުއްވުން އެދެމެވެ.

ސުންގަޑި:

27 ފެބްރުއަރީ ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ކިޔަވައިދެއްވަން ބޭނުންފުޅުވާ މާއްދާ ބަޔާންކޮށް އީމެއިލް [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

24 ފެބުރުވަރީ 2019