މަސައްކަތް
ނަންބަރު: (IUL)268/2019/5
ޕަބްލިޝްކުރި ތާރީޚް: 24 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 11:01
ސުންގަޑި:
10 މާރިޗު 2019 13:30
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
1440ވަނަ އަހަރު ނޭކުރެންދޫގައި ތަރާވީސްނަމާދު ކުރުމަށް ރާއްޖެއިން ބޭރުން ޙާފިޡަކު ގެނެސްދޭނެ ފަރާތެއް ހޯދުން
1440ވަނަ އަހަރު ރަމަޟާންމަހު ނޭކުރެންދޫގައި ތަރާވީސް ނަމާދު ކުރުމަށް ރާއްޖެއިން ބޭރުން ޙާފިޡަކު ގެނެސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 މާރޗު 2019ވާ އާދީއްތަ ދުވަހުގެ 13:30ގެ ކުރިން ޙާފިޡު ރާއްޖެ ގެނައުމާއި، ނޭކުރެންދޫއަށް ގެނައުން އަދި ނޭކުރެންދޫން ގެންދިއުމާއި ރާއްޖެއިން ފޮނުވާލުމުގެ ޚަރަދު ހިމެނޭ އަގު ބަޔާންކޮށް ލިޔުމަކުން މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޮނުއްވާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6520042އާ ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
24 ފެބުރުވަރީ 2019