ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)177/1/2019/17
ޕަބްލިޝްކުރި ތާރީޚް: 24 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 10:47
ސުންގަޑި: 17 މާރިޗު 2019 13:30
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
"7 ވަނަ އިންޓަރނޭޝަނަލް ފެސްޓިވަލް ފޮ ޑްރަމްސް އެންޑް ޓްރެޑިޝަނަލް އާޓްސް" ގައި ބައިވެރިވުމުގެ ފުރުޞަތު

މިޞްރުގެ މިނިސްޓްރީ އޮފް ކަލްޗަރަލް އެފެއާޒް އާއި މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންޓިކުއިޓީސް އިން އިންތިޒާމްކުރައްވައިގެން މިއަހަރުގެ އޭޕްރިލް 20 ން 27 ށް ބޭއްވުމަށް ހަމަޖެހިފައިވާ 7 ވަނަ އިންޓަރނޭޝަނަލް ފެސްޓިވަލް ފޮ ޑްރަމްސް އެންޑް ޓްރެޑިޝަނަލް އާޓްސްގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށް ވަނީ ލިބިފައެވެ.

އެގޮތުން މިފެސްޓިވަލްގައި ބައިވެރިވެވޭނީ ގިނަވެގެން 13 މެމްބަރުންގެ މައްޗައް އެކުލެވޭ ގްރޫޕަކަށެވެ. މިގްރޫޕްގެ މެމްބަރުންނަށް އެކޮމަޑޭޝަން އަދި ލޯކަލް ޓްރާސްޕޮޓޭޝަން ހަމަޖައްސަވައިދެއްވާނެކަމަށް ވަނީ އަންގަވާފައެވެ. އެހެންނަމަވެސް އިންޓަރނޭޝަނަލް އެއަރފެއަރ އަދި މެޑިކަލް އިންޝުއަރެންސް އާއި އެހެނިހެން އެލަވަންސްތައް ހަމަޖައްސަވަން ޖެހިވަޑައިގަންނަވާނީ ބައިވެރިވާ ގްރޫޕަކުންނެވެ.

ވީމާ، މިފެސްޓިވަލްގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން 17 މާޗް 2019 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން މިސެންޓަރަށް އެޕްލިކޭޝަން ފޯމް އަދި ސަޕޯޓިންގ މެޓީރިއަލް ހުށަހެޅުއްވުން އެދެމެވެ. މިފެސްޓިވަލްގައި ބައިވެރިވުމުގެ އެޕްލިކޭޝަން ފޯމް މިސެންޓަރުގެ ވެބްސައިޓް www.nca.gov.mv އަދި ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3344667   ނަންބަރު ފޯނަށެވެ.

24 ފެބުރުވަރީ 2019