ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)342/INDIV/2019/15
ޕަބްލިޝްކުރި ތާރީޚް: 24 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 09:56
ސުންގަޑި: 06 މާރިޗު 2019 13:30
އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލްގެ ޕިކަޕު މަރާމާތު ކުރުމާއިބެހޭ:

އިޢުލާނު

މިކައުންސިލްގެ ޕިކަޕު މަރާމާތު ކުރުމާއިބެހޭ :

 

                މިކައުންސިލްގެ 1.5 ޓަންގެ ޕިކަޕު މަަރާމާތުކޮށް ދިމާވެފައިވާ މައްސަލަ ހައްލުކޮށްދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލްގެ ކުރި އިއުލާން ނަންބަރ: (IUL)342/INDIV/2019/07 (30 ޖަނަވަރީ 2019) އިއުލާނަށް އެކަށީގެންވާ އިޖާބައެއް ލިބިފައި ނުވާތީވެ، އެއިޢުލާން ބާޠިލްކޮށް އަލުން އިއުލާންކުރަމެވެ.

         މިކައުންސިލްގެ 1.5 ޓަންގެ ޕިކަޕު މަަރާމާތުކޮށް ދިމާވެފައިވާ މައްސަލަ ހައްލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

               ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 28 ފެބުރުވަރީ 2019 ވާ ބުރާސްފަތި ދުވަހު 13:15 ށް މަތިވެރި ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 06 މާރިޗު 2019 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 13:30 އަށް އއ. މަތިވެރި ކައުންސިލްގެ އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހުޅުއްވުންއެދެމެވެ.

               މިމަސައްކަތަށް ހުށަހަޅުއްވާ އަންދާސީ ހިސާބު ކެނޑުން އިސްވެދެންނެވި ގަޑީގައި އއ. މަތިވެރި ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ. އަދި އަންދާސީ ހިސާބު ކެނޑުމުގެ ބައްދަލުވުމަށް ޙާޞިރުވެވަޑައިނުގަނެވޭނަމަ ސިޓީއަކާއިއެކު ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ.

               މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުވެ ވަޑައި ނުގަންނަވާ ފަރާތް ތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި އަންދާސީ ހިސާބު ހުށަހަޅުއްވަންޖެހޭ ގަޑީގެފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައެއްނުގަނެވޭނެއެވެ.

              މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ޖޫމާދަލްއާޚިރު 1440

24 ފެބުރުވަރީ 2019

                

24 ފެބުރުވަރީ 2019