ދިވެހިރާއްޖެ
އެނައުންސްމެންޓް
ބްލޫމްބާރގް އިނިޝީއޭޓިވްގެ ގްރާންޓަސް ޕްރޮގްރާމުން އެހީއަށް އެދި ހުށަހެޅުމުގެ ފުރުޞަތު: 7 ފެބުރުވަރީ 2014 ގެ ނިޔަލަށް
"ބްލޫމްބާރގް އިނިޝީއޭޓިވް ޓު ރެޑިއުޝް ޓޮބޭކޯ ޔޫސް " އަކީ ދުނިޔޭގެ ފެންވަރުގައި ހިލޭ އެހީ ދިނުމުގެ ތަފާތު ޙަރަކާތަކަށް އެހީދެއްވާ ފަރާތެއް ކަމުގައިވާ މައިކަލް އާރ. ބްލޫމްބާރގެ އެހީގައި، ފަޤީރު އަދި މެދުފަންތީގެ ޤައުތަކުގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަދުކުރުމަށް ޑިސެންބަރު 2006 އިން ފެށިގެން ހިންގާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދާ ގްރާންޓްސް ޕްރޮގްރާމްގެ 15 ވަނަ ބުރުން އެހީއަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިހާރުވަނީ އާންމުކޮށް ހުޅުވައިލާފައެވެ.
އެހީއަށް އެދި ހުށަހަޅަންޖެހެނީ ސީދާ އެޕްރޮގްރާމަށް އެޕްރޮގްރާމްގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށެވެ. ނަމަވެސް، ޕްރޮޕޯސަލްތައް އެކްލަވައިލުމުގައި އެހީތެރިކަން ބޭނުންވާ އަދި މިގްރާންޓް ޕްރޮގްރާމާބެހޭ ގޮތުން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް ވަޑައިގަތުމުން ނުވަތަ ފޯނު ނަންބަރު 3014455 އާ ގުޅުއްވުމުން ނުވަތަ އީމެއިލް އިން [email protected] މުޢާމަލާތް ކުރެއްވުމުން އެހީތެރިކަން ފޯރުވައިދޭނެ ވާހަކަ ދެންނެވީމެވެ.
މިޕްރޮގްރާމްގެ ދަށުން އެހީދިނުމަށް ހަމަޖެހިފައިވަނީ، އެޙަރަކާތެއްގެ ސަބަބުން ފާހަގަކޮށްލެވޭ ފަދަ ބަދަލުތަކާއި ކުރިއެރުންތައް ދުންފަތް ކޮންޓްރޯލް ކުރުމުގެ ސިޔާސަތުތަކަށް ގެނައުމަށް އަމާޒުކުރެވިފައިވާ ހުށަހެޅުންތަކަށެވެ. އަދި މިފަދަ ހުށަހެޅުންތަކުގެ ތެރެއިން އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކުރެވިފައިވާ ހުށަހެޅުންތަކަށް އިސްކަން ދެވޭނެއެވެ.
- ދުންފަތުގެ ވަގު ފިޔަވާރި ހުއްޓުވުމާއި، ދުންފަތުގެ ބާވަތްތަކުގެ އަގާއި އަދި ޓެކްސް ނެގުމަށް އެޅޭ ފިޔަވަޅުތައް.
- ދުންފަތުގެ ބާވަތްތައް ޕްރޮމޯޓްކޮށް އިޝްތިހާރުކުރުން މަނާކުރުމަށް އެޅިފައިވާ ފިޔަވަޅުތަކާއި އަދި އެފަދަ ފިޔަވަޅުތައް ތަންފީޛުކުރުން.
- މަސައްކަތުގެ މާޙައުލުގަޔާއި ޢާންމު ތަންތަނުގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ހެދިފައިވާ ގަވާއިދުތަކާއި އެފަދަ ގަވާއިދުތައް ތަންފީޛު ކުރުން.
- ދުންފަތުގެ ބާވަތްތަކުގެ ޕެކެޓްތަކުގެ ބޭރުގައި ފޮޓޯ ޖަހައިގެން ދެވޭ ޞިއްޙަތުގެ އިންޒާރު ޖެހުން ތަޢާރަފުކުރުން.
- ސާބިތު ހިފޭ ފަންނީ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކުރެވިފައިވާ އެހެނިހެން ހުށަހެޅުންތައް
- އަދި މިނޫންވެސް، ދުންފަތް ކޮންޓްރޯލް ކުރުން އެ ހުށަހެޅުމެއްގެ މައިގަނޑުކަމުގައި ހިމެނޭގޮތަށް، އެކި ފަރާތްތައް ގުޅިގެން ހިންގުމަށް ރާވާ ކަންކަމާއި، ދުންފަތުގެ ސިނާޢަތުގެ ޙަރަކާތްތަކަށް ފާރަވެރިވެ ބެލުމަށާއި މިފަދަ އެހެނިހެން ކަންކަމަށް އަމާޒު ކުރެވިފައިވާ ހުށަހެޅުންތައް.
- ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ސުންގަޑިއަކީ ފެބުރުވަރީ މަހުގެ 7 ވަނަ ދުވަހެވެ.
- މި ޕްރޮގްރާމާބެހޭ އެނައުންސްމެންޓް އަދި އިތުރު މަޢުލޫމާތު އަންނަނިވި ވެބްސައިޓުން ހޯއްދެވުން އެދެމެވެ. http://www.tobaccocontrolgrants.org
22 ރަބީޢުލްއައްވަލް 1435