ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)251-MS/251/2019/13
ޕަބްލިޝްކުރި ތާރީޚް: 21 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 20:36
ސުންގަޑި: 04 މާރިޗު 2019 14:00
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1440 ވަނަ އަހަރުގެ ރަމަޟާންމަހު ޙިފްޘުކޮށް ތަރާވީޙު ނަމާދުކުރާނެ ފަރާތެއް ހޯދުމާއި ގުޅޭ

      1440 ވަނަ އަހަރުގެ ރަމަޟާންމަހު ދިއްދޫ މަސްޖިދުލް ޣުފުރާންގައި ޙިފްޘުކޮށް ތަރާވީޙު ނަމާދު ކުރާނެ ފަރާތެއް ހޯދުމަށް މި ކައުންސިލުން ބޭނުންވެއެވެ.

      ވީމާ، 1440 ވަނަ އަހަރުގެ ރަމަޟާންމަހު ދިއްދޫގައި ޙިފްޘުކޮށް ތަރާވީޙު ނަމާދު ކުރާނެ ބޭފުޅަކު މި ކައުންސިލަށް ހޯއްދަވައި ދެއްވުމަށް ޝައުޤުވެރި ވެލައްވާ ފަރާތްތަކުން 4 މާރިޗު 2019 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ލިޔުމަކުން އެކަން މި ކައުންސިލަށް އަންގަވައި ދެއްވުން އެދެމެވެ.

21 ފެބުރުވަރީ 2019