ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)471-CDS6/471/2019/11
ޕަބްލިޝްކުރި ތާރީޚް: 21 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 15:37
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ވިކްޓްރީ ޑައިވް ސައިޓް އަލުން ހުޅުވާލުމާއި ގުޅޭ

7 ސެޕްޓެންބަރު 2018ވަނަ ދުވަހު "ސިނަމާލެ ބުރިޖު"ވަނީ އާންމުކޮށް ހުޅުވާލެވިފައެވެ. އަދި މި ސަރަޙައްދު މޫދުގައި ބުރިޖު އެޅުމަށްޓަކައި ވަގުތީގޮތުން ތައްޔާރުކުރެވިފައިވާ ޓްރެސަލް ބުރިޖާއި، ބުރިޖާއި ގުޅިފައިވާ އާލާތްތައް ނެގުމުގެ މަސައްކަތް ކުރިއަށް ދާތީވެ މަސައްކަތް ނިމެންދެން މިސަރަހައްދުގައި ޑައިވް ކުރުމާއި އުޅަނދުފަހަރު ދުއްވުމަށް ވާނީ މަނާކުރެވިފައެވެ. ނަމަވެސް މިހާރު މި ސަރަހައްދުގައި ހިނގަމުންދިޔަ ހެވީ ޑިއުޓީ މަސައްކަތްތައް ނިމިފައިވުމާ ގުޅިގެން ޑައިވް ކުރާ ފަރާތްތަކަށް ވިކްޓްރީ ޑައިވް ސައިޓް އަލުން ހުޅުވާލެވިފައިވާކަން އާންމުކޮށް އަންގާ އިއުލާން ކުރަމެވެ.

21 ފެބުރުވަރީ 2019