ޢާންމު މަޢުލޫމާތު
ނަންބަރު: BAM/IUL/2019/08
ޕަބްލިޝްކުރި ތާރީޚް: 21 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 14:17
ސުންގަޑި: 27 ފެބުރުވަރީ 2019 15:00
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ކޯޗިންގް ފުރުޞަތު އައްޑޫ ސިޓީ

                             ނަންބަރު: BAM/IUL/2019/08

އިޢުލާން

 

ކޯޗިންގް ފުރުޞަތު އައްޑޫ ސިޓީ

 

ސާކު ޤައުމުތަކުގެ މެދުގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 21 އަހަރުން ދަށުގެ ސައުތު އޭޝިއަން ރީޖަނަލް ބެޑްމިންޓަން މުބާރާތް، މިއަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ހަފްތާގައި އައްޑޫ ސިޓީގައި ބޭއްވުމަށްވަނީ ތާވަލުކުރެވިފައެވެ.

މި މުބާރާތަށް އައްޑޫ ސިޓީގައި 21 އަހަރުން ދަށުގެ ކުޅުންތެރިންގެ ޕޫލް އެކުލަވާލުމަށްޓަކައި ކުޅުންތެރިން ތަމްރީން ކުރުމުގެ މަސައްކަތުގައި ޢަމަލީ ގޮތުން އުޅެވޭނެ BWF Level-1 ސެޓިފައިޑް ކޯޗް އެއް ބޭނުންވާ ވާހަކަ ދަންނަވަމެވެ.

 

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެފަރާތެއްގެ ވަނަވަރާއި އެކު 27 ފެބްރުއަރީ 2019 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން މި އެސޯސިއޭޝަންއަށް ލިޔުމުން ނުވަތަ މެއިލްއަކުން [email protected] އަށް ހުށައެޅުން އެދެމެވެ.

އިތުރު މަޢުލޫމާތެއް ބޭނުންފުޅު ވާނަމަ ގުޅުއްވާނީ މިއެސޯސިއޭޝަންގެ ފޯން ނަމްބަރ 3314057 އަށެވެ.

 

 

 
   

 

 

21 ފެބުރުވަރީ 2019   

21 ފެބުރުވަރީ 2019