ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)321/321/2019/34
ޕަބްލިޝްކުރި ތާރީޚް: 21 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި: 07 މާރިޗު 2019 10:00
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެލުގެ ވިޔަފާރިކުރުމަށް 2000 އަކަފޫޓްގެ ބިމެއް ކުއްޔަށްދޫކުރުމަށް ހުޅުވާލުން

އިޢުލާން

 

ބަދަރުމަތިން ރަށުގެ ލޭންޑްޔޫސް ޕްލޭނުގައި ތެލުގެ ޚިދުމަތް ދިނުމަށް ކަނޑައެޅިފައިވާ 2000 (ދެހާސް) އަކަފޫޓްގެ ބިން ތެލުގެ ވިޔަފާރި ކުރުމަށް 20 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ހުޅުވާލަމެވެ. މިބިން ކުށްޔަށް ހިފުމަށް ހުށަހެޅޭނެ އެންމެ ކުޑައަގަކީ ބިމުގެ ކޮންމެ އަކަފޫޓަށް މަހަކު -/1 (އެކެއް) ރުފިޔާއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

#

ތަފްޟީލް

ތާރީޚް

ގަޑި

ތަން

1

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

07 މާރޗް 2019

10:00

ކައުންސިލްއިދާރާގެ ޖަލްސާކުރާ މާލަމް

2

އަންދާސީ ހިސާބު ހުށަހެޅުން

21 މާރޗް 2019

10:00

ކައުންސިލްއިދާރާގެ ޖަލްސާކުރާ މާލަމް

 

އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރަ ބޭރުގައި" ތެލުގެ ވިޔަފާރިކުރުމަށް ބިން ކުއްޔަށް ހިފުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އެގެން އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އެސްޓިމޭޓްތަކާއި ކަނޑައެޅިފައިވާ ގަޑީގެފަހުން ހުށަހަޅާ އެސްޓިމޭޓްތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅަނީ އަމިއްލަ ފަރުދެއްނަމަ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް އަދި ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ނަމަ އެތަނެއްގެ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ އަންދާސީ ހިސާބާއެކު ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި، މިއިދާރާގެ ނަންބަރު 6600006 ފޯނާއި ގުޅުއްވުން އެދެމެވެ.

                  16   ޖުމާދުލްޢާޚިރު   1440

                  

21 ފެބުރުވަރީ 2019