ދެންނެވުން
ނަންބަރު: (IUL)266/266/2019/12
ޕަބްލިޝްކުރި ތާރީޚް: 21 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 13:47
ސުންގަޑި:
24 ފެބުރުވަރީ 2019 13:30
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
26 ން 27 ފެބްރުއަރީ 2019 އަށް ބާއްވާ ބިޒްނަސް ކޮންވެންޝަންގައި ވަރޗުއަލް ކެމްޕަސް މެދުވެރިކޮށް ބައިވެރިވުމާ ބެހޭ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން އިންތިޒާމްކޮށްގެން، 26-27 ފެބްރުއަރީ 2019 ގައި، ބިޒްނަސް ކޮންވެންޝަންއެއް މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިކޮންވެންޝަންއަކީ ވިޔަފާރި ކުރުމުގައި ދިމާވާ ދަތިތައް ސަރުކާރާއި ހިއްސާކޮށް، އެކަންކަމަށް ހޯދިދާނެ ހައްލުތައް މަޝްވަރާ ކުރުމުގެ ގޮތުން ބާއްވާ ކޮންވެންޝަންއެކެވެ. ކުޅުދުއްފުށީގައި ތިބެގެން، މިކޮންވެންޝަން ގައި ވަރޗުއަލް ކެމްޕަސް މެދުވެރިކޮށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
ވީމާ ވަރޗުއަލް ކެމްޕަސް މެދުވެރިކޮށް، މިބިޒްނަސް ކޮންވެންޝަނުގައި ބައިވެރިވާން ބޭނުންފުޅުވާ ވިޔަފާރިވެރިން 24 ފެބްރުއަރީ 2019 ވަނަ ދުވަހުގެ 13:30 ގެ ކުރިން މިކައުންސިލަށް ދުރުވެ ނުވަތަ 6528831 ނަމްބަރ ފޯނަށް ގުޅުއްވައިގެން ނަން ނޯޓް ކުރެއްވުމަށް ދަންނަވަމެވެ.
21 ފެބުރުވަރީ 2019