މަސައްކަތް
ނަންބަރު: O10C-B/2019/02
ޕަބްލިޝްކުރި ތާރީޚް: 21 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 11:07
ސުންގަޑި: 07 މާރިޗު 2019 10:30
ހައްދުންމަތީ މާމެންދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު:

އިޢުލާން

 

އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު:

 

        މިކޯޓުގެ ނަންބަރު O10C-B/2019/01 (05 ފެބްރުވަރީ 2019މ.) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކޮށްފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް، މި ކޯޓުގައި ތިރީގައި މިދަންނަވާ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  • ދިދަދަނޑި ރަނގަޅަށް ހަރުކުރުން

  • ކޯޓުގެ ގުދަނުގައި ކަބަޑު ޖެހުން

  • ކޯޓުގެ ކުރިމަތީގައި ވޯކްވޭހަދައި ، ކޯޓު ގޯތި ތެރެއިން ބައެއްގައި ގައު އެތުރުން

     

މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުން

  •  މަޢުލޫމާތު ދިނުން: 27 ފެބްރުވަރީ 2019މ. ވާ ބުދަ ދުވަހުގެ 10:30 ގައި– ލ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގައި

  • އަންދާސީ ހިސާބުހުށަހެޅުން: 07 މާރިޗް 2019މ. ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި – ލ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގައި

       އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި އެހެން ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާނަމަ އެކަން އެނގޭނެ ލިޔުމެއް ގެންނަންވާނެއެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ ޤާނޫނު ނަންބަރު: 2014/18 (ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު)  ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު: 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީގަޑިގައި މިކޯޓުގެ ނަންބަރު 6800641 ފޯނަށް ގުޅުއްވުން އެދެމެވެ

                      ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                             22 ޖުމާދަލް 1440ހ.

                             21 ފެބްރުވަރީ 2019މ.

21 ފެބުރުވަރީ 2019