ވަޒީފާގެ ފުރުޞަތު
ނަންބަރު: FNK/A/IUL/2019/186
ޕަބްލިޝްކުރި ތާރީޚް: 21 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 10:58
ސުންގަޑި: 25 ފެބުރުވަރީ 2019 13:30
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އައި.ސީ.ޓީ އޮފިސަރ

                     

ނަންބަރު:FNK/A/IUL/2019/186  

ވަޒީފާގެ ފުރުޞަތު

މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމަށް މީހުން ހޯދުމަށް ބޭނުންވެއެވެ.

އައި.ސީ.ޓީ އޮފިސަރ 

މަޤާމް:

03 (ތިނެއް)

ބޭނުންވާ އަދަދު:

އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ޑިޕާރޓްމަންޓް

ޑިޕާރޓްމަންޓް:

ހެޑް އޮފީސް / މާލެ

މަސައްކަތް ކުރަންޖެހޭ ތަން:

4650ރ. ( ހަތަރުހާސް ހަސަތޭކަ ފަންސާސް ރުފިޔާ )

މުސާރަ:

މުސާރައިގެ %30

ސަރވިސް އެލަވަންސް:

މުސާރައިގެ %20

ޙާޟިރީ އެލަވަންސް:

މުސާރައިގެ %50

އިތުރުގަޑީގެ އެލަވަންސް:

(ހ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިހާން ފުރިހަމަ ކޮށްފައިވުން، ނުވަތަ

(ށ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ

(ނ) ވަކިވަކި، ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެދާއިރާއަކުން ޖީ.އެސް 1 ގެ ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލްކޮށްފައިވުން، ނުވަތަ

(ރ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުން ދިއުމާއިއެކު، އެސް.އެސް 5 ރޭންކުގެ ޝަރުތު ފުރިހަމަވެ، އެ ރޭންކުގައި މަޤާމެއްގައި މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

(ބ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ޖީ.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން.

(ޅ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން.

ފެންވަރު ނުވަތަ ޝަރުތު:

(ހ) ކުންފުނީގެ އެންޓަރޕްރައިސް ރިސޯސް ޕްލޭނިންގ ސޮފްޓްވެއަރއަށް (މައިކްރޮސޮފްޓް ޑައިނަމިކްސްއަށް) ދިމާވާ އެކި ކަހަލަ މައްސަލަތައް ދިރާސާކޮށް ޓެކްނިކަލް ހައްލު ހޯދުން.

(ށ) އެންޓަރޕްރައިސް ރިސޯސް ޕްލޭނިންގ ސޮފްޓްވެއަރ (އީ.އާއު.ޕީ) އަށް އެކި ކަހަލަ ބަދަލުތައް ގުޅުންހުރި ފަރާތްތަކުގެ ފަންނީ ލަފާގެ މަތިން ގެނައުން.

(ނ) އީ.އާރު.ޕީ ސިސްޓަމްގެ ޔޫސަރ މެނޭޖްކުރުން.

(ރ) އީ.އާރު.ޕީ ސިސްޓަމާއި ގުޅިގެން ދިމާވާ މައްސަލަތަކުގައި މުވައްޒަފުންނަށް އެހީތެރިކަން ދިނުން.

(ބ) އީ.އާރު.ޕީ ސިސްޓަމްގެ ބެކަޕް ނަގައި، ރިމޯޓް ސަޕޯޓް ދިނުން.

(ޅ) އީ.އާރު.ޕީ ސިސްޓަމަށް އިތުރުކުރެވޭ ފަންކްޝަންތައް އޮތޮރައިސް ޕާރޓްނާރއާއި ގުޅިގެން ބެލެހެއްޓުން.

(ކ) އީ.އާރު.ޕީ ސިސްޓަމްގެ ސަބްސްކްރިޕްޝަން އަދި ލައިސެންސްތައް ބެލެހެއްޓުން.

(އ) އީ.އާރު.ޕީ ސިސްޓަމްގެ މެއިންޓަނަންސް ކުންފުނީގެ އައި.ސީ.ޓީ އުސޫލުތަކުގެ މަތިން ބެލެހެއްޓުން.

(ވ) އައި.ސީ.ޓީ ޑިޕާޓްމަންޓްގެ އިސްވެރިންނަށް އީ.އާރު.ޕީ ސިސްޓަމްގެ މަސައްކަތްތަކުގެ އަޕްޑޭޓް ދިނުން.

(މ) އޮފީހުގެ އެކިއެކި ޑިޕާޓްމަންޓްތަކުގައި ބޭނުންކުރާ ޙާއްސަ ސޮފްޓްވެއަރ ތަކަށް ދިމާވާ މައްސަލަތައް ރަގަޅުކުރުން.

ވަޒީފާގެ މަސްއޫލިއްޔަތުތައް:

 

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ރަސްމީ ދުވަސްތަކުގެ  09:00 – 13:30 އަށް ލިބެންހުންނާނެއެވެ.  އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި، ތައުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.

ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ފެބްރުއަރީ 2019 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، އެޓެސްޓް ކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް އަދި 3 މަސް ދުވަސްހަމަވެފައި ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުން އެދެމެވެ.

 

ނޯޓް:

  • އިންޓަރވިއުކުރުމަށް ކިޔޭނީ ހަމައެކަނި ޝޯޓް ލިސްޓް ކުރެވޭފަރާތްތަކަށެވެ.
  • މިމަޤާމްތަކަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި، މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

 

 

 

 

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،

ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،

ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ

އީމެއިލް އެޑްރެސް:  [email protected]

ގުޅޭނެ ނަންބަރު: 3007555

ފެކްސް ނަންބަރު: 3327555

15 ޖުމާދުލްއާޚިރް  1440

21 ފެބްރުއަރީ 2019

 

21 ފެބުރުވަރީ 2019