ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 94-V/1/2019/5
ޕަބްލިޝްކުރި ތާރީޚް: 20 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 22:08
މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް ބިދޭސީން ގެނައުމުގެ ކޯޓާ ދޫކުރުމާއި އަދި ބިދޭސީންގެނައުމަށް ހުއްދަ (އެމްޕްލޯއިމަންޓް އެޕްރޫވަލް) އިކޮނޮމިކް މިނިސްޓްރީއަށް ބަދަލު ކުރުމާއި ގުޅޭ

              ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް ބިދޭސީން ގެނައުމުގެ ކޯޓާ ދޫކުރުމާއި އަދި ބިދޭސީންގެނައުމަށް ހުއްދަ (އެމްޕްލޯއިމަންޓް އެޕްރޫވަލް) ދިނުމާއި ގުޅޭ އެންމެހައި މަސައްކަތްތައް، 01 މާރޗް 2019 ފެށިގެން ކުރަމުން ގެންދާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ދަށުންނެވެ. އަދި ދަންނަވަމެވެ. ޑިޕޮސިޓްއާއި ގުޅުންހުރި އެންމެހައި މަސައްކަތްތަކާއި، އެމްޕްލޯއިމަންޓް އެޕްރޫވަލްދޫކުރުމާއި މިކަމާއި ގުޅުންހުރި އެންމެހައި އިދާރީ މަސައްކަތްތައް މި މުއައްސަސާއިން ކުރަމުން ގެންދާނީ 28 ފެބްރުއަރީ 2019 ގެ ނިޔަލަށެވެ.

               ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

20 ފެބުރުވަރީ 2019