ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-CA/417/2019/20
ޕަބްލިޝްކުރި ތާރީޚް: 20 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 14:06
ސުންގަޑި: 07 މާރިޗު 2019 14:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދަފްތަރު އެކުލަވާލުން؛

ޚާއްޞަ އެހީއަށް ބޭނުންވާ (ނުކުޅެދުންތެރިކަން ހުންނަ) ފަރާތްތަކުގެ ތެރެއިން މިކައުންސިލް އިދާރާގައި ނުވަތަ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގައި މިހާތަނަށް ރަޖިސްޓްރީ ކުރެވިފައިނުވާ ފަރާތްތައް ހޯދައި ރަޖިސްޓްރީ ކުރުމާއި، އެފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ހަމަޖެހިފައިވާ އުޞޫލާއި އެއްގޮތަށް މިކައުންސިލްގެ ފަރާތުން ކުރިއަށްގެންދާ ވާހަކަ ދެންނެވީމެވެ.

ވީމާ، ޚާއްޞަ އެހީއަށް ބޭނުންވާ (ނުކުޅެދުންތެރިކަން ހުންނަ) ފަރާތްތަކުގެ ތެރެއިން މިހާތަނަށް ރަޖިސްޓްރީ ކުރެވިފައިނުވާ ފަރާތްތަކުން، މާލީ އެހީއަށް އެދޭ ފޯމް އާއި ބޭނުންވާ ލިޔުންތައް 2019 މާރިޗު 07 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މާލީ އެހީއަށް އެދޭ ފޯމް ރަސްމީ ގަޑީގައި މިކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                                     

20 ފެބުރުވަރީ 2019