ދިވެހިރާއްޖެ
`
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު، ދިވެހިރާއްޖެ ނަންބަރު: IUL)303-AS/2019/09)
އިޢުލާން
މިރަށުގެ ބޯޅަދަނޑުގެ އުތުރުން މިރާފް ގެއާއި ދެމެދު ގޮޑު ދޮށުގައި ހުރި ރުއްގަހުގެ ވެރިން ހޯދުމާއި ގުޅޭ
މިރަށު ބޯޅަދަނޑުގެ އުތުރުން ފެށިގެން މިރާފްގެއާއި ދެމެދު ގޮޑު ދޮށުގައިވާ ރުއްގަހުގެ ވެރިއަކު ވާނަމަ ވެރިފަރާތް އެގޭނެހެން ރުކާއި ގަހުގައި 26 ފެބުރުވަރީ 2019 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން އެމީހެއްގެ ރުއްގަސް އެގޭނެހެން ފާހަގަ ކުރެއްވުން އެދެމެވެ. އަދި ދެވިފައިވާ މުއްދަތު ހަމަވާއިރު އެސަރަހައްދުގައި ހިމެނޭ ރުއްގަހުގައި ނަންޖަހާފައި ނުވާނަމަ ބެލެވޭނީ ވެރިއަކު ނެތްކަމަށެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
15 ޖުމާދަލްޢާޙިރާ 1440
20 ފެބުރުވަރީ 2019
އަބްދުންނާޞިރު ޢަލީ
ކައުންސިލްގެ ރައީސް