ދިވެހިރާއްޖެ
MED/153-FHS/2019/05: ނަންބަރު
ފެކަލްޓީ އޮފް ހެލްތު ސައިންސަސްގައި ހިންގާ ތިރީގައި މިދަންނަވާ މާއްދާތައް ކިޔަވައި ދިނުމާއި ، ކިޔަވައިދިނުމާ ގުޅުންހުރި މަސައްކަތްތަކަށް ޕާޓްޓައިމް ލެކްޗަރަރ އިން ހޯދުމަށް ވަނީ ބޭނުން ވެފައެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްޕުޅުތަކުން 25 ފެބުރުވަރީ 2019 ވަނަ ދުވަހުގެ މެންދުރު 13:30 ގެ ކުރިން ފެކަލްޓީ އޮފް ހެލްތު ސައިންސަސް އަށް، ތަޢުލީމު ފުރިހަމަ ކޮށްފައިވާކަމުގެ ސަނަދު (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަޞްލު) ޓްރާންސްކްރިޕްޓް އަދި ސީ.ވީ އާއި އައި.ޑި ކާޑުގެ ކޮޕީއާއެކު ސިޓީ ފޮނުއްވުން އެދެމެވެ.
ޑިޕްލޮމާ އިން ފާމަސީ ކޯސް
- މާއްދާގެ ނަން: ބަޔޮލޮޖިކަލް ސައިންސް 1
ކިޔަވައިދޭންޖެހޭ ގަޑީގެ ޢަދަދު: 66 ގަޑި
ކިޔަވައި ދޭންޖެހޭ ވަގުތު: ހަވީރު 4.00 އާއި 8.00 އާދެމެދުގެ ވަގުތުތަކުގައި، މިފެކަލްޓިން ހަދާފައިވާ ޓައިމް ޓޭބަލާއި އެއްގޮތަށް.
ހަފްތާ އަކު ނަގައިދޭންޖެހޭ ގަޑީގެ ޢަދަދު: 14 ހަފްތާ ވަންދެން ހަފްތާއަކު 4 ގަޑިއިރު
ކިޔަވައިދީ ނިންމަން ޖެހޭ މުއްދަތު: 2019/6/20
ފެންވަރު ނުވަތަ ޝަރުތު: ފާމަސީގެ ދާއިރާއިން ނުވަތަ ގުޅޭ ދާއިރާއަކުން ބެޗެލާރސް ޑިގްރީއެއް ހާޞިލް ކޮށްފައިވުން. އަދި މަދުވެގެން މަސައްކަތުގެ ދާއިރާގައި އަމަލީ ތަޖުރިބާގެ 1 އަހަރު ވުމާއިއެކު ޔުނިވަރސިޓީއެއްގައި މިފަދަ މައްދާތައް ކިޔަވާދެއްވާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
2. މާއްދާގެ ނަން: ބަޔޮލޮޖިކަލް ސައިންސް 3
ކިޔަވައިދޭން ޖެހޭ ގަޑީގެ ޢަދަދު: 60 ގަޑި
ކިޔަވައި ދޭންޖެހޭ ވަގުތު: ހަވީރު 4.00 އާއި 8.00 އާދެމެދުގެ ވަގުތުތަކުގައި، މިފެކަލްޓިން ހަދާފައިވާ ޓައިމް ޓޭބަލާއި އެއްގޮތަށް.
ހަފްތާ އަކު ނަގާދޭންޖެހޭ ގަޑީގެ ޢަދަދު: 14 ހަފްތާ ވަންދެން ހަފްތާއަކު ގިނަވެގެން 4 ގަޑިއިރު
ކިޔަވައިދީ ނިންމަން ޖެހޭ މުއްދަތު: 2019/6/20
ފެންވަރު ނުވަތަ ޝަރުތު: ފާމަސީގެ ދާއިރާއިން ނުވަތަ ގުޅޭ ދާއިރާއަކުން ބެޗެލާރސް ޑިގްރީއެއް ހާޞިލް ކޮށްފައިވުން. އަދި މަދުވެގެން މަސައްކަތުގެ ދާއިރާގައި އަމަލީ ތަޖުރިބާގައި 1 އަހަރު ވުމާއިއެކު ޔުނިވަރސިޓީއެއްގައި މިފަދަ މައްދާތައް ކިޔަވައިދެއްވާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
ބެޗެލަރ އޮފް ސޯޝަލް ވާރކް ކޯސް
3. މާއްދާގެ ނަން: ލައިފްސްޕޭން ޑިވެލޮޕްމަންޓް ރިސްކް އެންޑް ރެޒިލިއަންސް
ކިޔަވާދޭން ޖެހޭ ގަޑީގެ ޢަދަދު: 56 ގަޑި (ބްލޮކް) އަދި 4 ގަޑި (އޮންލައިން ޗެޓް ސެޝަން)
ކިޔަވާ ދޭންޖެހޭ ވަގުތު: ބްލޮކް މޯޑް އަށް މަހަކު 1 ދުވަހު (10 ގަޑި). ޖުމްލަ 4 ބްލޮކް މިފެކަލްޓިން ހަދާފައިވާ ޓައިމް ޓޭބަލާއި އެއްގޮތަށް.
ހަފްތާއަކު ނަގައިދޭންޖެހޭ ގަޑީގެ ޢަދަދު: 4 ބްލޮކް (ބްލޮކެއްގައި 10 ގަޑި) އަދި އޮންލައިން ޗެޓް ސެޝަން އާއި ފޯރަމް (ތާވަލު ކުރެވިފައި ވާ ގޮތަށް 16ގަޑިއިރު)
ކިޔަވައިދީ ނިންމަން ޖެހޭ މުއްދަތު: 2019/6/20
ފެންވަރު ނުވަތަ ޝަރުތު: ސައިކޮލޮޖީ އިން މާސްޓަރސް ޑިގްރީއެއް ހާޞިލް ކޮށްފައިވުން. މާސްޓަރސް ޑިގްރީއެއް ހާޞިލް ކޮށްފައިވާ ފަރާތެއް ކުރިމަތިލާފައި ނުވާނަމަ ބެޗެލަރސް ޑިގްރީ ހާސިލްކޮށްފައި ވުމާއި އެކު ޔުނިވަރސިޓީއެއްގައި މިފަދަ މާއްދާތައް ކުރިން ކިޔަވާދެއްވާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- 4. މާއްދާގެ ނަން: އިންޓްރޮޑަކްޝަން ޓު ރިސާރޗް މެތަޑްސް
ކިޔަވައިދޭން ޖެހޭ ގަޑީގެ ޢަދަދު: 56 ގަޑި (ބްލޮކް) އަދި 4 ގަޑި (އޮންލައިން ޗެޓް ސެޝަން)
ކިޔަވައި ދޭންޖެހޭ ވަގުތު: ބްލޮކް މޯޑް އަށް މަހަކު 1 ދުވަހު (10 ގަޑި). ޖުމްލަ 4 ބްލޮކް މިފެކަލްޓިން ހަދާފައިވާ ޓައިމް ޓޭބަލާއި އެއްގޮތަށް.
ހަފްތާއަކު ނަގައިދޭންޖެހޭ ގަޑީގެ ޢަދަދު: 4 ބްލޮކް (ބްލޮކެއްގައި 10 ގަޑި) އަދި އޮންލައިން ޗެޓް ސެޝަން (ތާވަލު ކުރެވިފައި ވާ ގޮތަށް 16ގަޑިއިރު)
ކިޔަވައިދީ ނިންމަން ޖެހޭ މުއްދަތު: 2019/6/20
ފެންވަރު ނުވަތަ ޝަރުތު: ސޯޝަލް ސައިންސަސްގެ ދާއިރާއިން މާސްޓަރސް ޑިގްރީއެއް ހާޞިލް ކޮށްފައިވުން. މާސްޓަރސް ޑިގްރީއެއް ހާޞިލް ކޮށްފައިވާ ފަރާތެއް ކުރިމަތިލާފައި ނުވާނަމަ ބެޗެލަރސް ޑިގްރީ ހާސިލްކޮށްފައި ވުމާއި އެކު ޔުނިވަރސިޓީއެއްގައި ކައުންސެލިންގް މާއްދާތައް ކުރިން ކިޔަވާދެއްވާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
ޑިޕްލޮމާ އިން ޕްރައިމަރީ ހެލްތް ކެއަރ ކޯސް
5. މާއްދާގެ ނަން: ބޭސިކް ފާމަކޮލޮޖީ
ކިޔަވައިދޭން ޖެހޭ ގަޑީގެ ޢަދަދު: 52 ގަޑި
ކިޔަވައި ދޭންޖެހޭ ވަގުތު: ހަވީރު 4.00 އާއި 8.00 އާދެމެދުގެ ވަގުތުތަކުގައި، މިފެކަލްޓިން ހަދާފައިވާ ޓައިމް ޓޭބަލާއި އެއްގޮތަށް.
ހަފްތާ އަކު ނަގައި ދޭންޖެހޭ ގަޑީގެ ޢަދަދު: 14 ހަފްތާ ވަންދެން ހަފްތާއަކު ގިނަވެގެން 4 ގަޑިއިރު
ކިޔަވައިދީ ނިންމަން ޖެހޭ މުއްދަތު: 2019/6/20
ފެންވަރު ނުވަތަ ޝަރުތު: ފާމަސީގެ ދާއިރާއިން ބެޗެލާރސް ޑިގްރީއެއް ހާޞިލް ކޮށްފައިވުން. އަދި މަދުވެގެން މަސައްކަތުގެ ދާއިރާގައި އަމަލީ ތަޖުރިބާގައި 1 އަހަރު ވުމާއިއެކު ޔުނިވަރސިޓީއެއްގައި މިފަދަ މައްދާތައް ކިޔަވާދެއްވާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.