ދިވެހިރާއްޖެ
`
ނަމްބަރ: IUL-248-CAFA/248/2019/17
އިޢުލާން
ބަނދަރު ސަރަހައްދުގައި އިޝްތިހާރު ބޯޑު ބެހެއްޓުމަށް ބިންދޫކުރުން
މިރަށުގެ ބަނދަރު ސަރަޙައްދުގައި އިޝްތިހާރު ބޯޑާއި ބިލްބޯޑު ބެހެއްޓުމަށް ބިން ދޫކުރުމަށް ވަނީ ހަމަ ޖެހިފައެވެ.
ވީމާ، އެކަމަށް ބިން ބޭނުންވެ ލައްވާ ފަރާތްތަކުން 25 ފެބުރުވަރީ 2019 ވާ ހޯމަ ދުވަހުގެ 13:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު 28 ފެބުރުވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް ޕްރޮޕޯސަލް ހުށައެޅުއްވުމަށް ދެންނެވީމެވެ.
މަޢުލޫމާތު ސާފުކޮށް މިމަސައްކަތް ކޮށް ދެއްވޭނީ، ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރި ފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓެއް ފަދަ ތަނަކުން މަޢުލޫމާތު ސާފު ކުރުމަށް ނުވަތަ އަންދާސީ ހިސާބު ހުށައެޅުމަށް ވަޑައިގަންނަވާއިރު އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަން ވާނެއެވެ. އަދި ފަރުދީ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުންވެސް ފަރުދީ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއެއް ގެންނަން ވާނެއެވެ. މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ ހުށައެޅުން ބަލައެއް ނުގަނެވޭނެއެވެ.
ޕްރޮޕޯސަލް ހުށަހަޅުއްވަން ވާނީ، ސިޓީއުރައަކަށް ލައި ބަންދުކޮށް އިށްތިހާރު ބޯޑު ބެހެއްޓުމުގެ ޕްރޮޕޯސަލްކަން އެނގޭގޮތަށް ލިއުއްވައިފައެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.