މަސައްކަތް
ނަންބަރު: (IUL)471-CDS3/1/2019/16
ޕަބްލިޝްކުރި ތާރީޚް: 20 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 13:52
ސުންގަޑި: 03 މާރިޗު 2019 11:00
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓަރަކްޗަރއިން ހުޅުމާލެ މޫދަށްއެރޭ ސަރަޙައްދުގައި ހަރުކުރުމަށް ބޭނުންވާ ބައްތިތައް މި މިނިސްޓްރީއިންދޭ ކޮންސެޕްޓާއި އެއްގޮތަށް ޑިޒައިންކޮށް، ސަޕްލައިކޮށް، ބުޑުތައް އަޅައި، އެބައްތިތައް ހަރުކޮށް އަދި ކޭބަލް އަޅައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

  1. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓަރަކްޗަރއިން ހުޅުމާލެ މޫދަށްއެރޭ ސަރަޙައްދުގައި ހަރުކުރުމަށް ބޭނުންވާ ބައްތިތައް މި މިނިސްޓްރީއިންދޭ ކޮންސެޕްޓާއި އެއްގޮތަށް ޑިޒައިންކޮށް، ސަޕްލައިކޮށް، ބުޑުތައް އަޅައި، އެބައްތިތައް ހަރުކޮށް އަދި ކޭބަލް އަޅައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ފުރަތަމަ ނަންބަރު (IUL)471-CDS3/1/2019/13 (06 ފެބުރުވަރީ 2019) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޚީބެއް ލިބިފައިނުވާތީ، މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2019 ފެބުރުވަރީ 24 ވާ އާދީއްތަ ދުވަހުގެ 12:00 އިން ފެށިގެން 2019 ފެބުރުވަރީ 28 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
  3. ބީލަން ހުޅުވުން އޮންނާނީ 2019 މާރިޗު 03 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ.
  4. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. އަދި، ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި، ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
  5. މި މިނިސްޓްރީއިން މަޢުލޫމާތު ކަރުދާހުގައި އަންގަވާފައިވާގޮތަށް ބީލަން ހުށަހަޅުއްވާއިރު، ބިލަމާއިއެކު ބިޑް ސެކިއުރިޓީ ހުށަހަޅުއްވަންވާނެއެވެ.
  6. މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 2019 ފެބުރުވަރީ 28 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
20 ފެބުރުވަރީ 2019