މަސައްކަތް
ނަންބަރު: (IUL)32-A2-PR/1/2019/11
ޕަބްލިޝްކުރި ތާރީޚް: 20 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 09:30
ސުންގަޑި: 28 ފެބުރުވަރީ 2019 14:00
އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހަށް އައިޓީ ކޮންސަލްޓަންޓެއް ބޭނުންވެއްޖެ

     ނަންބަރު: IUL)32-A2-PR/1/2019/11)  

 

އިޢުލާން

 

މި އޮފީހަށް އައިޓީ ކޮންސަލްޓަންޓެއް ބޭނުންވެއްޖެ

              

                 އައިޓީ ކޮންސަލްޓަންޓެއް ބޭނުންވެގެން ކުރެވުނު މި އޮފީހުގެ ނަންބަރު:(IUL)32-A2-PR/1/2019/06  (10 ފެބުރުވަރީ 2019) އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީހިސާބު ހުށަހަޅާފައި ނުވާތީ އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.

  

                 ވީމާ، އައިޓީ ކޮންސަލްޓަންޓެއްގެ ހައިސިއްޔަތުން މި އޮފީހުގައި މަސައްކަތްކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 ފެބުރުވަރީ 28 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގައި "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" އާއި އަންދާސީހިސާބު އަދި މި އިޢުލާނާއެކު އާންމުކުރާ މަޢުލޫމާތު ޝީޓުގައި ބަޔާންކުރާ އެންމެހައި ލިޔުންތައް މި އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތުގެ ޓަރމްސް އޮފް ރިފަރެންސް (ޓީއޯއާރު) އާއި މަޢުލޫމާތު ޝީޓް އޮފީހުގެ ވެބްސައިޓް www.agoffice.gov.mv އިން ލިބޭނެއެވެ.

 

                 މި އިޢުލާނާއި، އަދި މަސައްކަތާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުންވާނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން  14:00އާ ދެމެދު 7947772 ނުވަތަ 7746377 ނަންބަރަށެވެ.

 

14 ޖުމާދަލްއާޚިރާ 1440

 

20 ފެބުރުވަރީ 2019