ދިވެހިރާއްޖެ
ނަންބަރ:FNK-I/IUL/2019/047
އިޢުލާން
މި ކުންފުނީގެ ޖަނަރޭޓަރ ސެޓްތަކަށް ބޭނުންވާ ފިލްޓަރ ގަތުމާއި ގުޅޭ:
މި ކުންފުނީގެ ޖަނަރޭޓަރ ސެޓްތަކަށް ބޭނުންވާ ފިލްޓަރ ގަންނަން ބޭނުންވެއެވެ. މި ތަކެއްޗަށް އަގު ހުށަހެޅުމުގެ ފުރުސަތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވެމެވެ. މި ބިޑްގައި ބައިވެރި ވެވޭނީ "ފުލީޖްގާޑް ޖެނުއިން ސެޓްފިކެޓް" ނުވަތަ އެއާއި އެއްފަދަ ލިޔުމެއް އޮންނަފަރާތަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި މިކަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިއުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 ފެބްރުއަރީ 2019 ވާ އަންގާރަ ދުވަހުގެ 12:00 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 05 މާރިޗް 2019 ވާ އަންގާރަ 14:00އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށެވެ.
މިމަސައްކަތަށް ހުށަހަޅާ އަންދާސީ ހިސާބު ބާޠިލުވާ މުއްދަތުގެ ގޮތުގައި މަދުވެގެން 60 (ފަސްދޮޅަސް) ދުވަސް ދެވެންވާނެއެވެ.
|
|
ދުވަސް |
ވަގުތު |
|
މަޢުލޫމާތު ދިނުން |
26 ފެބްރުއަރީ 2019 ގައި |
12:00 |
|
އަގު ހުށަހެޅުން |
05 މާރިޗް 2019 ގައި |
14:00 |
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބް، "ފުލީޖްގާޑް ޖެނުއިން ސެޓްފިކެޓް" ނުވަތަ އެއާއި އެއްފަދަ ލިޔުމެއްނެތް ފަރާތަކުގެ އަންދާސީ ހިސާބު އަދި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. މަޢުލޫމާތު ފުރިހަމަ ނޫން ބިޑްތައް ބާތިލްކުރުމުގެ ފުރިހަމަ އިޙްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައި ބާތިލް ކުރުމުގެ ފުރިހަމަ އިޙްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ.
14 ޖުމާދަލް އާޙިރާ 1440
19 ފެބްރުއަރީ 2019