މަސައްކަތް
ނަންބަރު: FNK-I/IUL/2019/046
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 17:18
ސުންގަޑި: 25 ފެބުރުވަރީ 2019 12:30
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ނ. މަގޫދޫ ބްރާންޗުގެ ކޮންޓްރޯލް ރޫމް ބޮޑުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

ނަންބަރު:FNK-I/IUL/2019/046 

 

އިޢުލާން

 

ނ. މަގޫދޫ ބްރާންޗުގެ ކޮންޓްރޯލް ރޫމް ބޮޑުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ: 

      މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް ނ. މަގޫދޫ އިންޖީނުގޭގައި ޢިމާރާތް ކުރެވިފައިވާ ކޮންޓްރޯލް ރޫމް ބޮޑުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުމަށް ކުރެވިފައިވާ ނަންބަރ:FNK-I/IUL/2019/016 އިޢުލާންއާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް އެކަށިގެންވާ ވަރަށްވުރެ އަނގުބޮޑުކަމަށް ފެންނާތީ އެއިޢުލާން ބާޠިލްކޮށް އަލުން މި ފުރުޞަތު ހުޅުވާލަމެވެ.

      ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ފެބްރުއަރީ 2019 ވާ ހޯމަ ދުވަހުގެ 12:30 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ ނ. މަގޫދޫ ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،04 މާރިޗް 2019 ވާ ހޯމަ ދުވަހުގެ 14:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

      އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ  ނ. މަގޫދޫ ބްރާންޗަށެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

 

             14 ޖުމާދަލް އާޙިރާ 1440

             19 ފެބްރުއަރީ 2019

 

19 ފެބުރުވަރީ 2019