ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)415/415/2019/14
ޕަބްލިޝްކުރި ތާރީޚް: 18 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 16:50
ސުންގަޑި: 28 ފެބުރުވަރީ 2019 14:00
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާޢީ ސުޕަރަވައިޒަރ

އިޢުލާން

 

 

ތިނަދޫ ކައުންސިލްގެ އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ.

 

 މަޤާމް:

އިޖުތިމާޢީ ސުޕަރަވައިޒަރ

ބޭނުންވާ ޢަދަދު:    01

މަޤާމުގެ ބާވަތް:

ކޮންޓްރެކްޓް (މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 12 މަސްދުވަހުގެ މުއްދަތަށް، ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. އަދި މިވަޒީފާއަކީ ސިވިލްސާރވިސްގެ ވަޒީފާއެއް ނޫނެވެ.)

މުސާރައާއި އެލަވަންސް  

މުސާރަ (މަހަކު) 4500/-(ހަތަރުހާސް ފައްސަތޭކަ ރުފިޔާ)

ޙާޟިރީ އެލަވަންސް

މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް 16/67 (ސޯޅަ ރުފިޔާ ފަސްދޮޅަސް ހަތްލާރި)

އިތުރު އެލަވަންސްތައް:

އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ދިވެހިރާއްޖޭގެ ވަޒީފާއާއި ބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެ.

ޢާއްމުކޮށްމަސައްކަތް ކުރަންޖެހޭ ގަޑިތައް:

ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 14:00 އަށް އަދި މީގެ އިތުރުން އިދާރާއިން ކަނޑައަޅާ ޑިއުޓީ ތާވަލުގައި ކަނޑައަޅާ ވަގުތުތަކުގައި.

ތަޢްލީމީ ފެންވަރު:

1-   ޖީސީއީ އޯލެވެލް ، ކޭމްބްރިޖު އިމްތިޙާނުން ދަށްވެގެން 2 މާއްދާއިން C ގްރޭޑް ޙާޞިލުކޮށްފައިވުމާއެކު، ސެކަންޑަރީ ސްކޫލު ސެޓްފިކެޓް އިމްތިޙާނުން "ދިވެހި" މާއްދާއިން ދަށްވެގެން C ގްރޭޑް ޙާޞިލުކޮށްފައި ވުން.

ނުވަތަ

2-   ބަނދަރު ބެލެހެއްޓުމާއި ރަށުތެރެ ބެލެހެއްޓުމުގެ ހުނަރުވެރިކަން ލިބިފައިވާކަން އެނގޭނެ ލިޔުމެއް އޮތުން ނުވަތަ ސުޕަރަވައިޒަރެއްގެ ގޮތުގައި ޙަރަކާތްތެރިވެފައިވާކަން ބަޔާންކޮށްދޭ ލިޔުމެއް އޮތުން.

މަޤާމަށް ބޭނުންވާ ހުނަރު:

 

  1. ރައްޔިތުންނާއި މުޢާމަލާތުކުރުމުގެ ހުނަރު.
  2. ކޮމްޕިއުޓަރު ބޭނުންކޮށްގެން މައިކްރޯ ސޮފްޓް ވޯރޑް އެކްސެލް އަދި ޕަވަރޕޮއިންޓުގައި އިނގިރޭސި ބަހާއި ތާނަ އަކުރު ފަރިތަކަމާއެކު ޓައިޕްކުރުމުގެ ޤާބިލުކަން ލިބިފައިވުން. 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ތިނަދޫ އިޖުތިމާޢީ ސަރަޙައްދުތަކާއި ކުޅިވަރު ކޯޓުތަކާއި އެހެނިހެން ސަރަޙައްދުތައް ސާފުކޮށް ޒީނަތްތެރިކޮށް ބޭއްވުމަށާއި ރަށްފެހިކުރުމަށް ހިންގާ ޕްރޮގްރާމްތައް ހިންގުމުގައި މަސައްކަތު މީހުން ގޮވައިގެން ހެނދުނާއި ހަވީރު ސަރަޙައްދުތައް ސާފުކޮށް ގަސްއިންދައި ބަލަހައްޓައި މުވައްޒަފުންނަށް މަސައްކަތް ދައްކައި މަސައްކަތްތައް ވިލަރެސްކޮށް ބެލެހެއްޓުން.
  2. ރަށްވެހިކަމުގެ ޚިދުމަތްތައް ދުވަހުން ދުވަހަށް ވިލަރެސްކޮށް މުނިސޕަލް ސާރވިސް އޮފިސަރުންނަށް ރިޕޯޓުކުރުން.
  3. ބަނދަރު ބެލެހެއްޓުމުގެ ޢަމަލީ މަސައްކަތްކުރުމާއި ރިޕޯޓްކުރުން.
  4. އިދާރާއިން ޢާއްމު ފަރާތްތަކަށް ދޮންވެލި ދޫކުރުމުގެ ޕްރޮގްރާމު ވެރިންގެ އިރުޝާދާއި އެއްގޮތަށް ހިންގައި ބެލެހެއްޓުން.
  5. އިދާރާއިން ކުރިޔަށް ގެންދާ ދޮންވެލި ވިއްކުމުގެ ޕްރޮގްރާމުގެ ދަށުން އުޅަނދުތަކަށް ވެލި ބަރުކުރެވޭ މިންވަރު ގުނައި ޙިސާބުކޮށް ރެވެނިއު އޮފިސަރަށް މަޢްލޫމާތު ދިނުން.
  6. އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1-   ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސިޓީ

2-   ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3-   އެޓެސްޓްކޮށްފައިވާ ތަޢްލީމީ ސަނަދުތުތައް.

4-   އެޓެސްޓްކޮށްފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތައް.

ސުންގަޑި:

28 ފެބްރުވަރީ 2019 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް.

         

 

ވީމާ، މިވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

 މި ވަޒީފާއަށް މީހުން ނެގުމުގައި މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.  

18 ފެބުރުވަރީ 2019