މަސައްކަތް
ނަންބަރު: GS69/BUDGET/2019/001
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 13:39
ސުންގަޑި: 21 ފެބުރުވަރީ 2019 10:00
މިލަންދޫ ސްކޫލް
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

އިޢުލާން

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

                     

1- މިސްކޫލުންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ދޮރުފޮތި ހަރުކޮށްދޭނެ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

2- މިކަމާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ފެބްރުއަރީ 21 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިލަންދޫ ސްކޫލުގައެވެ.

3- މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް ބިޑްހުށަހެޅުމުގައި ބައިވެރި ނުވެވޭނެވާހަކަ ދެންނެވީމެވެ.

4- މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އަންދާސީ ހުށަހަޅާފަރާާތުގެ ސިޓީއާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.

5- ބިޑް ހުޅުވުން އޮންނާނީ 2019 ފެބްރުއަރީ 26 ވާ ބުދަދުވަހުގެ 10:30 ގައި މިލަންދޫ ސްކޫލުގައެވެ. 

6- މިކަމާއި ގުޅޭ ބީލަންފޮތް ލިބިލައްވާނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށެވެ.

7- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

   މިލަންދޫ ސްކޫލު

   ޤާޒީ މަގު ، މިލަންދޫ ، ދިވެހިރާއްޖެ

   ފޯން : 9994795

 

 

14 ޖުމާދިލްއާޙިރް 1440

19 ފެބްރުއަރީ 2019

 

 

 

      އަބްދުލް ޚަލީލް މުޚައްމަދު

           ލީޑިންޓީޗަ

19 ފެބުރުވަރީ 2019