މަސައްކަތް
ނަންބަރު: (IUL)415/415/2019/10
ޕަބްލިޝްކުރި ތާރީޚް: 18 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 13:12
ސުންގަޑި: 03 މާރިޗު 2019 13:00
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިންކުއްޔަށް ދިނުން

އިޢުލާން

ގދ. ތިނަދޫ ސިނާޢީ ސަރަޙައްދުން ބިންކުއްޔަށް ދޫކުރުމަށް ކުރި ނަންބަރ(IUL)415/415/2019/1

 (16ޖަނަވަރީ 2019 ) އިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރުން.

                    ގދ. ތިނަދޫ ލޭންޑް ނަންބަރ E02 ނަންބަރުގެ ބްލޮކްގެ ހުޅަނގު ބައިން ސިމެންތިގައު  އެޅުމުގެ މަސައްކަތް ކުރާ ފަރާތްތަކަށް 10 އަހަރު ދުވަހުގެ މުއްދަތަށް 4 ބިމެއް ކުއްޔަށް ދޫކުރުމަށް ކުރި އިޢުލާނާއި ގުޅިގެން ހުށަހެޅުނު ޕްރޮޕޯސަލްތައް ޓެންޑަރ ކޮމިޓީން އިވެލުއޭޓްކޮށް އަލުން އިޢުލާން ކުރުމަށް ނިންމާފައިވާތީ، އެ އިޢުލާން ބާޠިލްކޮށް، އަލުން މިބިންތައް ކުޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

#

ބިމުގެ ނަންބަރ

ޙާއްސަ ކުރެވިފައިވާ މަސައްކަތް

ސަރަޙައްދު

ދޫކުރެވޭ އެންމެ ކުޑަ ކުލި

ހ.

1

2

8

9

ސިމެންތި ގައު އެޅުމަށް

E02 ބްލޮކްގެ ހުޅަނގު

އަކަފޫޓަކަށް 01 ރުފިޔާ

               

 

                ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ޝެޑިއުލްގައިވާ ގޮތުގެމަތިން މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއެކު އެސަރަޙައްދުގެ ޗާޓް ހިމެނިފައިވާނެއެވެ.  

 

 

 

ތާރީޚް

ދުވަސް

ގަޑި

ތަން

މަޢުލޫމާތު ސާފްކުރުން

 24 ފެބުރުވަރީ 2019

އާދިއްތަ  

13:00 (މެންދުރު)

ގދ. ތިނަދޫ ކައުންސިލްގެ އިދާރާ

އަންދާސީ ހިސާބު ހުށަހެޅުން

  03 މާރިޗު 2019

އާދިއްތަ  

13:00 (މެންދުރު)

ގދ. ތިނަދޫ ކައުންސިލްގެ އިދާރާ

                 

      މި ބިންތަކަށް ޕްރޮޕޯސަލް ހުށަހެޅުއްވޭނީ، މަޢުލޫމާތު ސާފުކުރެއްވުމަށް ދެންނެވިފައިވާ ދުވަހުގެ އެގަޑިއަށް ޙާޟިރުވެ މަޢުލޫމާތު ސާފްކުރައްވާ ފަރާތްތަކަށެވެ. މަސައްކަތް ޙަވާލުކުރާނެ ފަރާތް ހޮވުމަށް ޕޮއިންޓް ދެވޭނެ ގޮތުގެ މަޢުލޫމާތު ކަރުދާހެއް، މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިގެންނަވާ ފަރާތްތަކަށް ލިބިވަޑައިގަންނަވާނެވެ.

18 ފެބުރުވަރީ 2019