ދިވެހިރާއްޖެ
ނަންބަރު: A)CB-2019/80)
އިޢުލާން
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 މޮނިޓަރަކަށް ވުމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން
މި ކޮމިޝަނުގެ ނަންބަރު A)CB-2019/34) އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ. އިޢުލާނުގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން (ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކާއި ޚަބަރު ފަތުރާ އިދާރާތަކުން މޮނިޓަރ ކުރުމަށް އެދޭ ފަރާތްތައް) މޮނިޓަރު ކަމަށް ކުރިމަތިލުމުގެ މުއްދަތު 28 ފެބްރުވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 3:00 ގެ ނިޔަލަށް އިތުރުކުރުމަށް މި ކޮމިޝަނުން ވަނީ ނިންމާފައެވެ.
ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނުން އެކަމަށް ކަނޑައަޅާފައިވާ އެޕްލިކޭޝަން ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ފުރިހަމަކުރުމަށްފަހު މުއްދަތު ހަމަވުމުގެ ކުރިން މާލެއިންނަމަ، އިންތިޚާބީ މަރުކަޒު (ބާޖަމާލުއްދީން) ގެ ރިސެޕްޝަނަށް، އަދި އަތޮޅުތަކުންނަމަ، އެއަތޮޅެއްގައި ޤާއިމްކުރެވިފައިވާ އަތޮޅު އިލެކްޝަންސް ފޯކަލް ޕޮއިންޓަށް ނުވަތަ ރަށު އިލެކްޝަންސް ފޯކަލް ޕޮއިންޓަށް ހުށަހަޅަން ވާނެއެވެ.
މޮނިޓަރުންގެ ފޯމު ބަލައިގަންނަން ހަމަޖެހިފައިވަނީ 05/02/2019ވާ އަންގާރަ ދުވަހުން ފެށިގެން28/02/2019 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން ހަވީރު 4:00 އަށް އަދި ކޮންމެ ހޮނިހިރު ދުވަހަކު ހެނދުނު 10:00 އިން ހަވީރު 04:00 އަށެވެ. އަދި 28 ފެބްރުވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 ން ހަވީރު 03:00 ށެވެ.
އަދި އެޕްލިކޭޝަން ފޯމު މިކޮމިޝަންގެ ވެބްސައިޓް www.elections.gov.mv އިން ޑައުންލޯޑްކުރެއްވޭނެއެވެ.
އެއްވެސް ފޯމެއްގައި ފުރިހަމަ ކުރަންޖެހޭ ބައެއް ފުރިހަމަ ނުވެ ހުރިނަމަ ނުވަތަ އެ ފޯމާއެކު ހުށަހަޅަންޖެހޭ އެއްވެސް އެއްޗެއް މަދުނަމަ އެފޯމެއް ބާޠިލު ކުރެވޭނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
12 ޖުމާދަލްއާޚިރާ 1440