ސޮޕްޓްވެއަރ ޑިވެލޮޕަރ
ރާއްޖޭގެ ހިޔާވަހިކަމާއިބެހޭ ޤައުމީ ސިޔާސަތުގެ ދަށުން ކަނޑައެޅޭ މިންގަނޑުތަކާއި އެއްގޮތްވާގޮތުގެމަތީން ކޮންމެ ރައްޔިތަކަށްވެސް ދިރިއުޅުމަށް އެކަށީގެންވާ ފެންވަރުގެ ހިޔާވައްސެއް ލިބިދެވޭނެ ގޮތްތައް ރާވައި އެކަމަށް މަގުފަހިކުރެވޭނެ އުސޫލުތައް ކަނޑައަޅައި ހިޔާވަހިކަމުގެ މަޝްރޫޢުތައް އެންމެ އެކަށީގެންވާ ގޮތެއްގައި ހިންގުމަކީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވަލޮޕްމަންޓްގެ މެންޑޭޓްގައި ހިމެނިފައިވާ ކަމެކެވެ. މިގޮތުން "ގެދޮރުވެރިކަމުގެ މަޝްރޫޢު" ގެ ދަށުން ބޯހިޔާވަހިކަން ބޭނުންވާ ރައްޔިތުންނަށް ފަސޭހައިން އެކަމަށް އެދެވޭނެ މަގުތަނަވަސްކޮށްދިނުމާއި އަދި ދެފުއްފެންނަ ގޮތަށް މިމަސައްކަތްކުރިއަށް ގެންދެވޭނެ ނިޒާމެއް ޤާއިމްކުރުމަށާއި މިމަޝްރޫޢުގެ މަސައްކަތް އެންމެ ހަރުދަނާކޮށް ސިސްޓަމެޓިކްކޮށް ކުރިއަށް ގެންދިއުމަށްޓަކައި މިމަސައްކަތައް "ސޮފްޓްވެއާރ ޑީވެލޮޕަރ" އެއް ނެގުމަށް ބޭނުންވެއެވެ.
މިމަޤާމުގެ މަސްއޫލިއްޔަތުތަކާއި މިމަޤާމަށް ކަނޑައެޅިފައިވާ ޝަރުތުތައް ބަޔާންކޮށްފައިވާ "ޓަރމްސް އޮފް ރިފަރެންސް" (ޓީ. އޯ. އާރ) މި މިނިސްޓްރީގެ ވެބްސައިޓުންނާއި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.
އަސާސީ މުސާރަ
-/16,000 ރުފިޔާ (މަހަކު)
މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 ފެބުރުވަރީ 27 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައި ދެންނެވިފައިވާ އެޑްރެހަށް އެޕްލިކޭޝަންތައް ފޮނުއްވައިދެއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއި އެކު ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު، އައި.ޑީ ކާޑު ކޮޕީ (މުއްދަތުހަމަނުވާ)، އެކްރެޑިޓް ކުރެވިފައިވާ ތައުލީމި ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާއާ ޤާބިލްކަން އަންގައިދޭ އެންމެހާ ލިޔެކިޔުންތައް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
ހިއުމަން ރިސޯސަސް މެނޭޖްމަންޓް ސެކްޝަން
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވަލޮޕްމަންޓް
އަމީނީ މަގު،
މާލެ، ދިވެހިރާއްޖެ.
ފޯން: 3004341 / 3004342 ފެކްސް:3004301
އީ-މެއިލް: [email protected]
ވެބްސައިޓް: www.housing.gov.mv
13 ޖުމާދަލްއާޚިރާ 1440
18 ފެބުރުވަރީ 2019
|