ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)456-ECMS/456/2019/12
ޕަބްލިޝްކުރި ތާރީޚް: 18 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 14:12
ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ގޯތިން ބޭރުގައި ރުއްގަސް އިންދުމާއިބެހޭ

އިޢުލާން

ގޯތިން ބޭރުގައި ރުއްގަސް އިންދުމާއިބެހޭ

                  މިރަށު ބޮޑުމަގު ދެކުނު ކޮޅުން މަގުކަނޑާފައިވާ ބައިގެ ދެފަރާތާއި ދަނޑުބިންތަކާއި ރަށުގެ އެކި ސަރަހައްދުތަކުގައި ޤަވާޢިދާ ޙިލާފަށް ރުއްގަސް އިންދަމުންގެންދާކަން މިކައުންސިލަށްވަނީ ފާހަގަކުރެވިފައެވެ. އަދި މިކަމަކީ ޤާނޫނު ނަމްބަރ 98/21 ( މީހުން ދިރިއުޅޭ ރަށްރަށުގެ ރުއްގަހާއި ބެހޭ ޤާނޫނު) ން މަނާކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވާ ކަމެކެވެ. އެހެންކަމުން ރުއްގަސް އިންދަންވާނީ  98/21 ރުއްގަހާއި ބެހޭ ޤާނޫނުގައި ބުނެފައިވާ ގޮތުގެ މަތީންނެވެ. ޤަނޫނުގެ ކޮޕީއެއް ކައުންސިލްގެ އިދާރާގެ ނޯޓިސްބޯޑުގައި ހަރުކުރެވިފައިވާނެއެވެ. 

 ރައްޔިތުންގެ ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ގޯއްޗާއި އެނޫންވެސް ބޭނުމަކު ނުވަތަ ކަމަކަށް އަދި މަސައްކަތަކަށް ދޫކޮށްފައިވާ ބިންތައް ފިޔަވައި މަގު،ގޯޅި، ހުސްބިންތައް އަދި ދަނޑުބިންފަދަ ތަންތަނާއި ސަރަހައްދުތަކުގައި އެއްވެސް ފަރާތަކުން ލ. ކަލައިދޫ ކައުންސިލުން ހުއްދަ ނުހޯދާ ރުއްގަސް އިންދުމަކީ 18 ފެބްރުއަރީ 2019 ވަނަ ދުވަހުން ފެށިގެން މަނާކަމެއް ކަމުގައި ދަންނަވަމެވެ.

                  އެއާ ހިލާފަށް އެކިފަރާތްތަކުން އިންދާ ހައްދާ ރުއްގަސް އެތަނަކުން ނުވަތަ ސަރަހައްދަކުން، އިތުރު އެންގުމަކާ ނުލައި ނަގާ ނުވަތަ ނައްތާލުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. އަދި ހަމައެއާއިއެކު އެފަދަ ރުއްގަސް ކައުންސިލުން ނަގާ އެހެން ސަރަހައްދަކަށް ބަދަލުކުރާއިރު ނުވަތަ ނައްތާލާއިރު އެއްވެސް ބަދަލެއް ކައުންސިލުން ހަމަޖައްސައި ދެވެން ނޯންނާނެކަންވެސް އަންގަމެވެ.

                  ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

18 ފެބުރުވަރީ 2019