ދިވެހިރާއްޖެ
މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ
މަޤާމްގެ ނަމްބަރ: J-131607
ބޭނުންވާ އަދަދު: 01 (އެކެއް)
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: ޖީ، އެސް 3
މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
ސެކްޝަން: އެޑްމިން
މަޤާމް އޮތް އޮފީސް: މަކުނުދޫ ސްކޫލް
ވަޒީފާ އަދާކުރަން ޖެހޭ ތަން: މަކުނުދޫ ސްކޫލް، ހދ މަކުނުދޫ
މުސާރަ: 4465.00 ރުފިޔާ
ސަރވިސް އެލެވަންސް: 1500.00 ރުފިޔާ
ސަޕޯޓިންގ ކޯ އެލެވަންސް: 700.00 ރުފިޔާ
އިތުރު ޢިނާޔަތްތައް:
1- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
2- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
3- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- ހުރިހާ ސްޓާފުންގެ ޙާޟިރީ ބެލެހެއްޓުމާއި ޙާޟިރީ ރިޕޯޓް ހެދުން.
- ވަޒީފާ ބަޔާން ތައްޔާރުކުރުން.
- ސްކޫލު މުވައްޒަފުންގެ ދާއިމީ އަދި ވަގުތީ ރަޖިސްޓްރީ ބެލެހެއްޓުމާއި މުވައްޒަފުންގެ ޕާރސަނަލް ފައިލްތައް އަދާހަމަކޮށް ބެލެހެއްޓުމާއި މުވައްޒަފުންނާއި ގުޅޭ އެހެނިހެން ލިޔެކިޔުން ތައްޔާރުކުރުން.
- މަދަރުސާޔަށް ލިބޭ އެންމެހައި ލިޔެކިއުންތަކާއި ތަކެތި ބަލައިގަނެ ގަވާއިދުން ރިކޯރޑްކޮށް ހުށަޅަންޖެހޭ މުއައްޒަފުންނަށް ތަރުތީބުން ހުށަހަޅައި ޙަވާލުކުރަންޖެހޭ މުއައްޒަފުންނަށް ހަވާލުކުރުމާއި ރެކޯޑް ބެލެހެއްޓުން
- މަދަރުސާއިން އެޑިއުކޭޝަން މިނިސްޓްރީއަށާއި އެހެނިހެން އިދާރާ ތަކަށާއި މުއައްޒަފުންނަށާއި އެހެނިހެން ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިއުންތަކާއި ތަކެތި ފޮނުވައި އެފަރާތްތަކަށް ލިބުނުކަން ކަށަވަރުކޮށް ރިކޯރޑް ބެލެހެއްޓުން.
- ދުވަހުގެ ޔައުމިއްޔާ އަށް ބޭނުންވާ މަޢުލޫމާތު ޖަމާކުރުމާއި ޔައުމިއްޔާ ލިޔުން
- ވަޒީފާތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި ހަމަޖެއްސުމުގެ އެންމެހައި މަސައްކަތްތައް ކުރުން
- ސްކޫލުގައި ބާއްވާ އިމްތިޙާނު ތަކާއި ގުޅިގެން ބަހަލައްޓަން ޖެހޭ ލިޔެކިޔުންތައް ބެލެހެއްޓުން
- ސްކޫލަށް ބޭނުންވާ މުދަލާއި ޚިދުމަތްތައް މާލިއްޔަތު ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތީން ސްކޫލަށް ހޯދުމަށް ފުރިހަމަ ކުރަންޖެހޭ ހުރިހާ ލިޔެކިޔުމެއް ފުރިހަމަ ކޮށް މުދަލާއި ޚިދުމަތް ސްކޫލަށް ހޯދުން.
- ބިލްތައް އެންޓަރކޮށް އޯޑަރފޯމް އެޓޭޗް ކުރުން
- ޕޭމެންޓް ވައުޗަރތައް ތައްޔާރުކޮށް ފައިސާ ދައްކާ ފައިލް ކުރުން
- ހުރިހާ މުވައްޒަފުންގެ އޯވަރޓައިމްގެ ކަންތައްތައް ބެލެހެއްޓުން
- ސްޓޮކް ބެލެހެއްޓުން
- އެގްރީމެންޓްތައް ތައްޔާރުކުރުމާއި ބެލެހެއްޓުން
- މަދަރުސާގެ ހަރުމުދަލުގެ އިންވެންޓްރީ އަށް ނަގަންޖެހޭތަކެތި އެންޓަރކޮށް އުނިކުރަންޖެހޭ ތަކެތި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން އުނިކުރުން.
- މަދަރުސާޔަށް ލިބެންޖެހޭ އެންމެހައި ފައިސާއެއް ،މާލިއްޔަތުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހޯދައި އެކަމާއި ގުޅޭ ލިޔެކިއުންތައް ބެލެހެއްޓުން.
- ލިބޭފައިސާއާއި ކުރެވޭ ޚަރަދުތަކާއި ގުޅިގެން އެކިފަރާތްތަކަށް ފޮނުވަންޖެހޭ އެންމެހައި ލިޔެކިއުންތައް ކަނޑައެޅިފައިވާ މުއްދަތު ފާއިތު ނުވަނީސް ފޮނުވުން.
- މަދަރުސާއިން މުއައްޒަފުންނަށާއި އެހެނިހެން ފަރާތްތަކަށް ދޭންޖެހޭ އެންމެހައި ފައިސާއެއް ،މާލިއްޔަތުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ފޯރުކޮށްދީ އެކަމާއި ގުޅޭ ލިޔެކިއުންތައް ބެލެހެއްޓުން.
- އެކިގޮތްގޮތުން މަދަރުސާއަށް ލިބޭ ފައިސާ ޖަމާކުރަންޖެހޭ އެކައުންޓްތަކަށް ގަވާޢިދުން ޖަމާކުރުން.
- އެކި އިމްތިޙާނުތަކުގެ ފީގެ ގޮތުގައްޔާއި އެކިކަހަލަ އުޖޫރަޔާއި ޖުރުމާނާޔާއި ގެއްލުމުގެ ބަދަލާއި ކުލީގެ ގޮތުގައި މަދަރުސާޔަށް ޙަވާލުކުރެވޭ އެންމެހައި ފައިސާއެއް މާލިއްޔަތުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ރައްދުކުރަންޖެހޭ ފަރާތްތަކަށް، ކަނޑައެޅިފައިވާ މުއްދަތު ފާއިތު ނުވަނީސް ފޮނުވުމާއި އެކަންތަކާއި ގުޅިގެން ބަލަހައްޓަން ޖެހޭ އެންމެހައި ލިޔެކިއުންތަކެއް ގަވާއިދުން ބެލެހެއްޓުން.
- ދަރިވަރުންގެ ލީވިންގ ސަޓިފިކެޓް ތައްޔާރުކޮށް ހަމަޖައްސާފައި އޮންނަ އުޞޫލާއި އެއްގޮތަށް ޙަވާލުކުރުން.
- އިދާރީ މަސައްކަތް ކުރައްވާ މުވައްޒަފުން ޗުއްޓީގައި ތިއްބަވާ ދުވަސްވަރު އިދާރީ ގޮތުން ބެލެހެއްޓުމަށް ޙަވާލުކުރާ އެންމެހާ މަސައްކަތް ކުރުން.
- އިދާރީ މަސައްކަތްތަކުގައި ސްކޫލުގެ ވެރިންނަށް އެހީތެރިވުމާއި މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.
- ސްކޫލުން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކާއި ކޯކަރިކިއުލަރ ޙަރަކާތްތަކުގައި ބައިވެރިވުން.
މަޤާމުގެ ޝަރުޠުތައް:
1- ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް
ހޮވުމަށް ބެލޭނެ ކަންތައްތައް:
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް ޕްރެކްޓިކަލް ހެއްދުމާއެކު އިންޓަވިއު ކޮށްގެން.
ހުށަހަޅަންޖެހޭ ލިޔުންތައް:
1- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު(މިފޯމު ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުންނާއި ސްކޫލު އޮފީހުން ލިބެން ހުންނާނެއެވެ.)
2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
4- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
5- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
6- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
7- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓުގެ ކޮޕީ.
8- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: ވަޒީފާއަށް އެދޭ ފޯމު މަކުނުދޫ ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓުން (www.csc.gov.mv) ޑައުންލޯޑް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ފެބްރުއަރީ 26 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، މަކުނުދޫ ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، 6520529@gmail.com އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
އިންޓަވިއު އޮންނާނެ ތަނާއި، ދުވަސް: މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 ފެބްރުއަރީ 28 ވާ ބްރާސްފަތި ދުވަހު، މަކުނުދޫ ސްކޫލް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
ޝޯޓް ލިސްޓްކުރުން: މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 (ދިހައެއް) އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 (ދިހައެއް) ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ހޯދުން: މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6520529 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ % އަށެވެ.
ނޯޓު: އިންޓަވިއުއަށް ދުރުވާއިރު، ސެޓްފިކެޓްތަކުގެ އަސްލުގެންނަވަން ވާނެއެވެ.
13 ޖުމާދަލްއާޚިރާ 1440
18 ފެބްރުއަރީ 2019
މުޙައްމަދު ވަޙީދު
އެޑްމިނިސްޓްރޭޓަރ
ވަގުތީ ގޮތުން ހިންގުމާއި ޙަވާލުވެހުރި