ދިވެހިރާއްޖެ
ނަންބަރ: MMS-A/2019/04
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ.
މި ސަރވިސްގެ ހުޅުލޭގައި ދުއްވާ ދެ ވެހިކަލް ސަރވިސްކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެގެން ކުރެވުނު ފުރަތހަމަ ނަންބަރ MMS-A/2019/03 އިޢުލާންއާއި ގުޅިގެން ތިން ފަރާތުން ބިދް ހުށަހަޅަން ހާޟިރުވެފައި ނުވާތީވެ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރީމެވެ.
މި ސަރވިސްގެ ދެ ވެހިކަލް ސަރވިސްކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 ފެބްރުއަރީ 25 ވާ ހޯމަ ދުވަހުގެ11:00 އަށް ހުޅުލޭގައި (ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގަ) ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. ވެހިކަލް ބަލަައިލަން ބޭނުންވާ ފަރާތްތަކުން 2019 ފެބްރުއަރީ 19 ވަނަ ދުވަހުން 24 ވަނަ ދުވަހާ ހަމައަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8 ން ހަވީރު 4 އާ ދެމެދު 3323084 އާއި ގުޅުއްވާފައި މިއޮފީހަށް ވަޑައިގެންދެއްވުން އެދެމެވެ.
މަސައްކަތުގެ ތަފްޝީލް |
|
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އިތުރު މައުލޫމާތު ހޯއްދެވުމަށް މި އިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.
13 ޖުމާދަލްއާޙިރު 1440