މަސައްކަތް
ނަންބަރު: 30-PMU1/30/2019/5
ޕަބްލިޝްކުރި ތާރީޚް: 17 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 12:53
ސުންގަޑި: 05 މާރިޗު 2019 12:00
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ލޯގޯއެއް ފަރުމާކުރާނެ ފަރާތެއް ހޯދުމަށް

ދިވެހިރާއްޖޭގެ ކަނޑުފަޅުގެ މުއްސަނދިކަން ތަރައްޤީކޮށް ހެޔޮގޮތުގައި ބޭނުންކުރުމަށް އެކުލަވާލެވުނު "ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓް" އަކީ ވޯލްޑް ބޭންކުގެ އެހީގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ކުރިޔަށް ހިންގާ ޕްރޮޖެކްޓެކެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ މަސްވެރިކަމުގެ ދާއިރާ ހިންގައި ބެލެހެއްޓުމަށް ސަރުކާރުގެ ޤާބިލުކަން އިތުރުކުރުމާއި، މެރިކަލްޗަރ ޤާއިމުކޮށް ކުރިއެރުވުމާއި، އަދި ދެމެހެއްޓެނިވިގޮތުގައި މަސްވެރިކަން ތަރައްޤީކުރުމެވެ.

މި މަޝްރޫޢޫ ރަމްޒު ކޮށްދިނުމަށްޓަކައި، ލޯގޯއެއް ފަރުމާކުރާނެ ފަރާތެއް ބޭނުންވާތީ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 5 މާރިޗު 2019 ވާ އަންގާރަ ދުވަހުގެ 12:00 އަށް މިމަސައްކަތާގުޅޭ ޓާރމްސް އޮފް ރިފަރެންސްގައިވާ ގޮތަށް ބިޑު ހުށަހެޅުއްވުން އެދެމެވެ. އަދި މިމަސައްކަތުގެ ޓާރމްސް އޮފް ރިފަރެންސް މިނިސްޓްރީއާއި މިނިސްޓްރީގެ ވެބްސައިޓުން އަދި މިނިސްޓްރީގެ ރަސްމީ މީސްމީޑިއާ އިން ލިބެން ހުންނާނެއެވެ.

 

ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

މެރިން ރިސާޗް ސެންޓަރ

ހ. ވައޓްވޭވްސް

މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ

ޓެލެފޯން:  2328 332، ފެކްސް 2509 332

އީމެއިލް:[email protected]

ވެބްސައިޓް:www.fishagri.gov.mv

 

17 ފެބުރުވަރީ 2019