ދިވެހިރާއްޖެ
ނަންބަރ: A)AB-2019/48)
އިޢުލާން
2019 އޭޕްރިލް 06 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ވަޑައިގަންނަވާ ފޮރިން އޮބްޒާވަރުންނާއި އެކު ހަރަކާތްތެރިވާނެ ލިއޭޒަން އޮފިސަރުން ހޯދުމާއި ގުޅޭ:
2019 އޭޕްރިލް 06 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވަޑައިގަންނަވާ ފޮރިން އޮބްޒާވަރުންނާއި އެކު ހަރަކާތްތެރިވާނެ ލިއޭޒަން އޮފިސަރުން ހޯދުމަށް އިޢުލާން ކުރަމެވެ.
ވީމާ، މިދަންނަވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ކުރެވިފައިވާ ފޯމު ފުރިހަމަކުރުމަށްފަހު އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު، 2019 ފެބުރުވަރީ 21 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން އިލެކްޝަންސް ކޮމިޝަނުގެ ރިސެޕްޝަނަށް ނުވަތަ އީމެއިލް ކުރައްވާނަމަ [email protected] އަށް ފޮނުއްވުން އެދެމެވެ. ލިއޭޒަން އޮފިސަރަކަށް އެދި ހުށަހަޅާ ފޯމު، އިލެކްޝަންސް ކޮމިޝަންގެ އިދާރާއިން އަދި ކޮމިޝަނުގެ ވެބްސައިޓް www.election.gov.mv އިންވެސް ލިބެންހުންނާނެއެވެ.
ޝަރުތު:
- އިނގިރޭސިބަހުން ރަނގަޅަށް މުއާމަލާތް ކުރަން ދަންނަ ފަރާތަކަށްވުން.
- މިފަދަ މަސައްކަތަކަށް ޞިއްހީ ގޮތުން ޤާބިލް މީހަކު ކަމުގައިވުން.
- އިލެކްޝަންސް ކޮމިޝަނުން ޙަވާލުކުރާ އިންތިޚާބާބެހޭ މަސައްކަތްތައް އިސްނަގައިގެން އަމިއްލައަށް ކުރުމުގެ ޤާބިލުކަމާއި އިންޓަރގްރިޓީ ހުރިކަމަށް ކޮމިޝަނަށް ޤަބޫލުކުރެވޭ މީހެއްކަމުގައިވުން.
- އެއްވެސް ސިޔާސީ ޕާޓީއެއްގެ އިންތިޚާބީ މަޤާމެއް ނުވަތަ ޕާޓީގެ ފަރާތުން އައްޔަންކޮށްފައިވާ މަޤާމެއް ފުރާ މީހެއް ކަމުގައި ނުވުން.
- އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ޙަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުން.
- އިންތިޚާބަށް ކުރިމަތިލާ އެއްވެސް ކެންޑިޑޭޓެއްގެ ޢާއިލީ މެންބަރުކަމުގައި ނުވުން. (ގާތްތިމާގެ މީހެއްގެ ގޮތުގައި ބަލާނީ މަންމަ، ބައްޕަ، އަންބެއް، ފިރިއެއް، ދަރިއެއް، އެއްބަނޑު އެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ ކޮންމެ މީހެއް)
- އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓެއް ނުވަތަ ކެންޑިޑޭޓެއްގެ އިންތިޚާބީ އެޖެންޓެއްކަމުގައި ނުވުން.
- ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން.
- ލިއޭޒަން އޮފިސަރުންގެ ގޮތުގައި ޢައްޔަންކުރާ ފަރާތަކީ ވޭތުވެދިޔަ ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެއްވެސް މައްސަލައެއް ދިމާވެފައިވާ ފަރާތެއްކަމުގައި ނުވުން.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައި ވުން.
- އަތޮޅު ތެރެއަށް ދަތުރުކުރަން ޖެހިއްޖެނަމަ، ދަތުރު ކުރެވޭނެ މީހެއް ކަމުގައި ވުން
އުޖޫރަ:
- މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/700 (ހަތްސަތޭކަ) ރުފިޔާ.
- ޓްރެއިނިން ގައި ބައިވެރިވާ ކޮންމެ ދުވަހަކީވެސް މަސައްކަތްކުރާ ދުވަހެއްކަމުގައި ބަލައި ކޮންމެ ދުވަހަކަށް -/700 (ހަތްސަތޭކަ) ރުފިޔާ.
ނޯޓް: މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން މިމަސައްކަތަށް ޚާއްސަކޮށްގެން ހިންގޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހޭނެއެވެ.
ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި މަސައްކަތު ތަޖުރިބާ އަންގައިދޭ ލިޔުމުގެ ކޮޕީ
- ޕާސްޕޯޓް ސައިޒުގެ ނެގިފަހުން 03 މަސް ނުވާ 1 ގަނޑު ފޮޓޯ
09 ޖުމާދަލްއާޚިރާ 1440