ދެންނެވުން
ނަންބަރު: 198-G/2019/24
ޕަބްލިޝްކުރި ތާރީޚް: 14 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 16:30
ސުންގަޑި: 16 ފެބުރުވަރީ 2019 18:00
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ހަފްތާ ބަންދުގާ ކުށުގެ ރެކޯޑް ސާޕްކުރުމާ ގުޅޭ

އިޢުލާން

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުން ދަށުކޯޓުތަކުން ސާފުކުރަންޖެހޭ ރެކޯޑް ސާފުކުރުމަށް އެދި ހުށަހަޅާ ފޯމުތައް، ކުރިއަށް އޮތް ހަފުތާ ބަންދުގެ ތެރޭގައި ބަލައިގަތުމުގެ އިންތިޒާމް ތިރީގައިވާގޮތުގެ މަތީން ހަމަޖެހިފައިވާތީ އެކަން ޢާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

15 ފެބުރުވަރީ 2019 (ހުކުރު)

  • 14:30 އިން 18:00 އަށް

16 ފެބުރުވަރީ 2019 (ހޮނިހިރު)

  • 11:00 އިން 18:00 އަށް

އަދި ދަންނަވަމެވެ. މި ދެ ދުވަހު މި ޑިޕާޓްމަންޓަށް ހުށަހަޅާ ފޯމްތައް 2019 ފެބުރުވަރީ 17 ވާ އާދީއްތަ ދުވަހުގެ 11:00 އިން ފެށިގެން މި ޑިޕާޓްމަންޓުންގެ ރިސެޕްޝަނުން ދޫކުރަމުންގެންދާނެއެވެ.

09 ޖުމާދަލްއާޚިރާ 1440

14 ފެބުރުވަރީ 2019