ދިވެހިރާއްޖެ
މޯލްޑިވްސް އިމިގްރޭޝަންގައި ބޭނުންކުރާ އެކިއެކި ޔުނީފޯމަށް ބޭނުންވާ ތަކެތި ހޯދުމަށް ކުރި ނަންބަރ: (IUL)94-Q/1/2019/01 އިޢުލާނާއި ގުޅިގެން އަންދާސީހިސާބު ހުށައަޅާފައިވަނީ އެންމެ ފަރާތަކުން ކަމުގައި ވާތީ މިއިޢުލާނު ބާޠިލުކޮށް، އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 19 ފެބްރުއަރީ 2019 ވާ އަންގާރަ ދުވަހުގެ 14:00 އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ސެކްޝަން (ހުރަވީ ބިލްޑިންގް 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 25 ފެބްރުއަރީ 2019 ވާ ހޯމަ ދުވަހުގެ 14:00 އަށް މިއޮފީހަށް (ހުރަވީ ބިލްޑިންގް 02 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނޭ ވާހަކަ ދެންނެވީމެވެ.