މަސައްކަތް
ނަންބަރު: (IUL) 226-F/PRIV/2019/02
ޕަބްލިޝްކުރި ތާރީޚް: 14 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 11:40
ސުންގަޑި: 03 މާރިޗު 2019 10:30
ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު އުޅަނދު ލައިސަންސް ނެގުމަށް ޕްރެކްޓިކަލް ސައިޓެއް ގާއިމްކުރުން

މި ކައުންސިލުންދޭ ކުރެހުމަކާއި އަދި ބީ.އޯ.ކިއު އަދި ކޮންޓްރެކްޓް އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެއްގަމު އުޅަނދު ލައިސަންސް ނެގުމަށް ޕްރެކްޓިކަލް ސައިޓެއް ގާއިމްކޮށްދޭނެ ފަރާތެއް ހޯދުމަށް އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ. މި މަސައްކަތް ކުރެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިމަސައްކަތްތަކާބެހޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް 24 ފެބްރުއަރީ 2019 ވާ އާދީއްތަ ދުވަހު 10:30 އަށް ހދ. އަތޮޅުކައުންސިލް އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ. 

އަންދާސީހިސާބު ހުށަހެޅުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާނީ 03 މާރިޗު 2019 ވާ އާދީއްތަ ދުވަހުގެ 10:30 ގައި ހދ. އަތޮޅު ކައުންސިލް އިދާރާއަށެވެ. ގަޑިޖެހިގެން ހުށަހަޅުއްވާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

ވީމާ، މިމަސައްކަތްތައް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލައި، މިކަން ޢާންމުކޮށް އިޢުލާން ކުރީމެވެ.

14 ފެބުރުވަރީ 2019