މަސައްކަތް
ނަންބަރު: (IUL)438-ENV/438/2019/30
ޕަބްލިޝްކުރި ތާރީޚް: 14 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 11:16
ސުންގަޑި: 26 ފެބުރުވަރީ 2019 11:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
"ކިގާލީ އެމެންޑްމަންޓް އެނެބްލިންގ އެކްޓިވިޓީޒް" މަޝްރޫއުގެ ދަށުން ކޮންސަލްޓެންޓެއް ހޯދުން

އިޢުލާން

 

"ކިގާލީ އެމެންޑްމަންޓް އެނެބްލިންގ އެކްޓިވިޓީޒް" މަޝްރޫއުގެ ދަށުން ކޮންސަލްޓެންޓެއް ހޯދުން

 

ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާއެއްކަމުގައިވާ މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓެންސަސް ދެޓް ޑިޕްލީޓް ދި އޯޒޯން ލޭޔަރއަށް ގެނެވުނު އިސްލާހުކަމުގައިވާ "ކިގާލީ އެމެންޑްމަންޓް" ގެ ދަށުން ޖައްވު ހޫނުވުމަށް މެދުވެރިވާ ގޭހެއްކަމުގައިވާ ހައިޑްރޯ ފްލޮރޯ ކާބަންސް (އެޗް.އެފް.ސީ) ބޭނުން ކުރުން 2024 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެއަށް އެތެރެކުރުން ކޮންޓްރޯލްކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެޗް.އެފް.ސީ ދިވެހިރާއްޖެ އެތެރެކުރުން ކޮންޓްރޯލް ކުރުމަށް ތައްޔާރުވުމުގެ ގޮތުން މާކެޓް އެނަލިސިސްއެއް ހެދުމުގައި މިނިސްޓްރީއަށް އެހީތެރިވާނެ ކޮންސަލްޓެންޓެއް ބޭނުންވެއްޖެއެވެ.

މި މަސައްކަތަށް ބޭނުންވާ ޝަރުތުތައް މި އިޢުލާނާއެކު ހިމެނިފައިވާ ޓާރމްސް އޮފް ރެފަރެންސްގައި ބަޔާންކޮށްފައިވާނެއެވެ. އަދި މި ޓާރމްސް އޮފް ރެފަރެންސް، މިނިސްޓްރީގެ ވެބްސައިޓްwww.environment.gov.mv އިން ޑައުންލޯޑް ކުރެއްވެން ހުންނާނެއެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

ބިޑު ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 26 ފެބުރުވަރީ 2019 ވާ އަންގާރަ ދުވަހުގެ 11:00ގައި ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެތެރެއިން މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ހާޒިރުގައެވެ.

ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ބޭރުގައި މަސައްކަތަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން 26 ފެބުރުވަރީ 2019 ވާ އަންގާރަ ދުވަހުގެ 11:00 އަށް ބީލަން ފުރިހަމަކުރުމަށްފަހު ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv 

ނޯޓް:

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއަށް ލިބިގެންވެއެވެ.

14 ފެބުރުވަރީ 2019