ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-ESMS/417/2019/19
ޕަބްލިޝްކުރި ތާރީޚް: 13 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 09:02
ސުންގަޑި: 21 ފެބުރުވަރީ 2019 14:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމްކުރާ ބިމަށް އިތުރުކުރުމަށް ބޭނުންވާ ބިމުގައިހުރި ރުއްގަހުގެ ބަދަލާއިގުޅޭ؛

ގދ.ހޯނޑެއްދޫގައި ކުނިމެނޭޖްކުރާ މަރުކަޒު އެޅުމުގެ މަސައްކަތް ކުރިއަށްދާ ބިމުގެ އިރަށްވާގޮތަށް 80 ފޫޓް ހިމަނައިގެން ބިން ބޮޑުކުރުމަށް ހަމަޖެހިފައިވާތީ، އެބިމުގައި (ވަށައިގެންވާ މަގުތައް ހިމެނޭގޮތަށް) ހުރި މިކައުންސިލުން 1 އިން 16 އަށް ނަންބަރ ޖަހާފައިވާ ރުއްތަކުގެ ވެރިފަރާތްތަކާއި، 1 ފުނަގަހާއި، 1 އިން 4 އަށް ނަންބަރ ޖަހާފައިވާ މާކަށިކެޔޮގަސްތަކުގެ ވެރިފަރާތްތަކަށް އެރުއްގަހުގެ ބަދަލުދޭން ބޭނުންވެއެވެ.

ވީމާ، މިބިމުގައި ހުރި ރުއްތަކާއި (މިކައުންސިލުން ޖަހާފައިވާ ނަންބަރ 1 އިން 16 އަށް) 1 ފުނަގަހާއި، މާކަށިކެޔޮގަސްތަކުގެ (މިކައުންސިލުން ޖަހާފައިވާ ނަންބަރ 1 އިން 4 އަށް) ވެރިފަރާތްތަކުން އެމީހެއްގެ ރުކުގެ ޢަދަދު (ގިނައެއްޗެތިގަންނަ ވަކަރުލާމޮޅުރުއް، ފޯދުނު ރަގަޅުރުއް، ފޯދުނު އާދައިގެރުއް، ފޯދުނު ދެރަރުއް، ނުފޯދޭ ބޮޑުރުއް، ނުފޯދޭ އާދައިގެރުއް، ނުފޯދޭ ކުޑަރުއް) އާއި ފުނަ ގަސް (ވަށަމިން ސެންޓިމީޓަރުން ބަޔާންކޮށް) އަދި މާކަށިކެޔޮގަސްތަކުގެ ޢަދަދު (ފޯދުނު ރަގަޅުގަސް، ފޯދުނު އާދައިގެ ގަސް، ނުފޯދޭގަސް) އެގޭނެގޮތަށް 2019 ފެބުރުވަރީ 21 ވަނަ ދުވަހު އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއިއެކު އެސަރަޙައްދުގެ ޗާޓެއް ޢާންމު ކުރީމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 ފެބުރުވަރީ 2019