ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)395-02/395/2019/10
ޕަބްލިޝްކުރި ތާރީޚް: 13 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 14:35
ސުންގަޑި: 21 ފެބުރުވަރީ 2019 13:00
ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އިދާރާގެ "ވޭސްޓް މެނޭޖްމަންޓް ސެންޓަރ" އަށްބޭނުންވާ ޑީސަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ

މިއިދާރާގެ ފަރާތުން ހިންގަމުންގެންދާ"ވޭސްޓް މެނޭޖްމަންޓް ސެންޓަރ" އަށް ބޭނުންވާ ޑީސަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި އިދާރާއަށް ޑީސަލް ސަޕްލައިކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން، 21 ފެބުރުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި އިދާރާއަށް އަގު ހުށައެޅުއްވުން އެދެމެވެ. އަގު ހުށައަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. އެ ސިޓީގައި ތިރީގައި މި ދަންނަވާ މަޢުލޫމާތު ހިމަނަން ވާނެއެވެ. މަޢުލޫމާތު ފުރިހަމަ ނުވާ ސިޓީތައް (އަންދާސީ ހިސާބުތައް) ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

  1. މަހަކު 200 ލީޓަރ ޑީސަލް "ވޭސްޓް މެނޭޖްމަންޓް ސެންޓަރ" އާއި ހަމައަށް ސަޕްލައިކޮށްދެވޭނެ އަގު.
  2. އަގު ހުށައަޅާ ފަރާތުގެ ނަމާއި އެޑްރެސް.
  3. ކުރިން މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ އެކަމުގެ ތަޖުރިބާގެ ލިޔުން.
  4. ގުޅޭނެ ނަމްބަރ.
  5. އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނާއި އެއްގޮތަށް ހިންގާ ވިޔަފާރީގެ ހުއްދައިގެ ކޮޕީ.
  6. ވެރިފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް.

ނޯޓް: މިކަމަށް އެދި އަގު ހުށައަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ކުޑަ އަގު ހުށައަޅާ ފަރާތަކާއެކު މި އިދާރާއިން އެއް އަހަރު ދުވަހުގެ މުއްދަތަށް އެއްބަސްވުންހަދައި އެފަރާތަކަށް ޑީސަލް ސަޕްލައިކުރުމުގެ ފުރުޞަތު ދެވޭނެއެވެ.

           ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

           8 ޖުމާދަލްއާޚިރާ 1440

           13 ފެބުރުއަރީ 2019

13 ފެބުރުވަރީ 2019