ނީލަން
ނަންބަރު: 144-B5-CR-3/2019/206
ޕަބްލިޝްކުރި ތާރީޚް: 13 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 14:18
ސުންގަޑި: 28 ފެބުރުވަރީ 2019 13:30
ސިވިލް ކޯޓު
ދިވެހިރާއްޖެ
ދަނގަނޑު "ސްޓީލް" އުޅަނދު ވިއްކާލުން

އިޢުލާން

ދަނގަނޑު(ސްޓީލް) އުޅަނދު ވިއްކާލުން

ނީލަން ކިޔޭ ބޭނުން: ސިވިލް ކޯޓުުގެ ނަންބަރު 2374/Cv-C/2015 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން

ބާވަތް: ދަނގަނޑު(ސްޓީލް) އުޅަނދު

ނަން:

އޮޑީ ނަންބަރު: 1810T32

މުދަލުގެ ތަފްޞީލް:  ދިގުމިން: 20.90 މީޓަރ،     ފުޅާމިން: 5.48 މީޓަރ  ފުންމިން: 2.75 މީޓަރ      

 

ވެރިފަރާތް: ޓްރޮޕިކް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް (C-14/2005)

ނޯޓް: މި ދަނގަނޑު އުޅަނދު ވިއްކާލުމަށް ހަމަޖެހިފައިވަނީ އުޅަނދުގައިވާ އިންޖީނާއިއެކުގައިއެވެ. އުޅަނދުގައިވާ އިންޖީނުގެ ތަފްޞީލު ތިރީގައި ބަޔާންކުރެވިފައި މިވަނީއެވެ.

އިންޖީނުގެ ތަފްޞީލް:

މޮޑެލް ނަންބަރު: 1no.YABMAR 6HA2M-WHT

ނީލަމުގެ ތަފްޞީލް:

ނީލަން ފެށޭ އަގު: ނީލަން ފެށޭނީ 6,5000,000.00 (ހަމިލިއަން ފަސްލައްކަ ރުފިޔާ)

ސިޓީލުމުގެ މުއްދަތު: 24 ފެބްރުއަރީ 2019 އިން ފެށިގެން 28 ފެބްރުއަރީ 2019 ގެ 13:30 ގެ ކުރިން

އުޅަނދު ބެލުމުގެ އިިންތިޒާމް ހަމަޖެހިފައިވާ ތާރީޚްތައް: 17 ފެބްރުއަރީ 2019 އިން 21 ފެބްރުއަރީ 2019 ގެ       10:00 – 17:00 އާދި ދެމެދު އުޅަނދު ބެލުމުގެ އިންތިޒާމް ހަމަޖެހިފައިވެއެވެ.

ބޯޓް އޮތްތަން: ތިލަފުށި ޓްރޮޕިކް އިންވެސްޓްމަންޓްެގ ބޯޓު ޔާރޑް

ކޮންމެ ދުވަހެއްގެ އެންމެ މަތީއަގު ސިވިލް ކޯޓުގެ ވެބްސައިޓް (http://www.civilcourt.gov.mv) ގައި އިޢުލާންކުރެވިފައި ހުންނާނެއެވެ. ނީލަން ނިންމާލެވެޭނީ 28 ފެބްރުއަރީ 2019 ގެ 13:30 އާހަމަޔަށް ހުށަހަޅާ އެންމެ މަތީ އަގަކަށެވެ.

ނީލަން ނިންމުން:

ނީލަން ނިމުމުން އެންމެމަތީ އަގު ހުށަހަޅާފައިވާ ފަރާތަކަށް ސިވިލް ކޯޓުން އެކަން އަންގާނެއެވެ. އެފަރާތަކަށް ނީލަން ނިމުނުކަން ކޯޓުން އަންގާ ތާރީޚުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި) އެފަރާތަކުން ހުށަހެޅި ޖުމްލަ އަގަށްވާ ފައިސާ ސިވިލް ކޯޓަށް ދައްކަންވާނެއެވެ. ނުދައްކައިފިނަމަ އެހުށަހެޅުން ބާޠިލްކުރުމަށް ނުވަތަ ދެވަނައަށް އެންމެމަތީ އަގު ހުށަހެޅިފަރާތަށް ނީލަން ނިންމާލުމުގެ ނުވަތަ ނީލަން އަލުން ފެށުމާއި މެދުގައި ގޮތެއް ކަނޑައަޅާނީ ސިވިލް ކޯޓުންނެވެ.

ނީލަން ނިންމުނުކަމަށް ސިވިލް ކޯޓުން ކަނޑައަޅާ ވަކިފަރާތަކަށް ނުއަންގާ ހިނދެއްގައި، ނީލަން ބާތިލް ކުރުމުގެ އިޚްތިޔާރު ސިވިލް ކޯޓަށް ލިބިގެން ވެއެވެ.

އަގު ހުށަހެޅުން:

ހުށަހަޅަން ޖެހޭގޮތް: ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއިއެކު ސިޓީ އުރައެއްގައި ބަންދުކުރައްވާފައި ހެނދުނު 08:00 އާއި މެދުރުފަހުގެ 13:30  އާއި ދެމެދު ޖަސްޓިސް ބިލްޑިންގ ގެ ގުރައުންޑް ފްލޯރ ގައި ހުންނަ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި "ދަނގަނޑު (ސްޓީލް) އުޅަނދު ގަތުމަށްއެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

  • އަމިއްލަ ފަރުދެއްނަމަ: ގުޅޭނެ ފޯނު ނަންބަރާއިއެކު އަގު ސާފުކޮށް ބަޔާންކުރައްވާފައިވާ ސިޓީއެއް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ބިދޭސީއެއްނަމަ ޕާސްޕޯރޓުގެ ކޮޕީ).

ކުންފުންޏެއްނަމަ: - މިނީލަމާއި ގުޅިގެން ސިވިލް ކޯޓާއި މުޢާމަލާތް ކުރައްވާނެ ފަރާތަކާއި ގުޅޭނެ ފޯނު ނަންބަރާއިއެކު އަގު ސާފުކޮށް ބަޔާންކުރައްވާފައިވާ ސިޓީއެއް.

-  ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ

-  މިނީލަމާއި ގުޅިގެން ސިވިލް ކޯޓާއި މުޢާމަލާތް ކުރައްވާނެ ފަރާތެއް ޢައްޔަންކުރައްވާފައިވާ ކުންފުނީގެ ޤަރާރު

-  ކުންފުނީގެ އަސާސީ ޤަވާޢިދު އަދި ހިންގާ ޤަވާޢިދުގެ ކޮޕީ

މީގެ އިތުރުން ނީލަމަށް ހުށަހަޅާ އަގު ދެއްކުމުގެ މާލީ ޤާބިލުކަން ހުށަހަޅާ ފަރާތުގެ ކިބައިގައި ހުރިކަން ސާބިތުކުރުމަށްޓަކައި އެންމެފަހުގެ ބޭންކް އެކައުންޓް ސްޓޭޓްމަންޓް (ފާއިތުވި 01 މަސްދުވަހުގެ) ހުށަހަޅަންވާނެއެވެ. މިގޮތަށް ހުށަހަޅާ އެކައުންޓް ސްޓޭޓްމަންޓް އަޕްޑޭޓްކުރެވިފައި އޮންނަންވާނީ އެންމެ ލަސްވެގެން އަގު ހުށަހަޅާ ތާރީޚްގެ 07 (ހަތެއް) ދުވަސްކުރިއަށެވެ. އަދި މިގޮތަށް ހުށަހަޅުއްވާ އެކައުންޓް ސްޓޭޓްމަންޓްވާންވާނީ ސީދާ އެފަރާތެއްގެ ބޭންކުން ދޫކޮށްފައިވާ އޮރިޖިނަލް ލިޔުމަކަށެވެ. މިބިޑާއިއެކު ހުށަހަޅުއްވަންޖެހޭ ލިޔުންތައް ފުރިހަމަ ކުރެވިފައިނުވާނަމަ، ބިޑް ބާޠިލްކުރުމުގެ ޙައްޤު ސިވިލް ކޯޓަށް ލިބިގެންވާކަމުގައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް: ސިވިލް ކޯޓު، ޖަސްޓިސް ބިލްޑިންގ ގެ ގްރައުންޑްފްލޯރ ކައުންޓަރ (ފޯން ނަންބަރު: 3006412 / 3006428 އީމެއިލް:  [email protected] ގުޅުއްވުންއެދެމެވެ.

 

13 ފެބްރުއަރީ 2019

13 ފެބުރުވަރީ 2019