ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)-FLIS/2019/03
ޕަބްލިޝްކުރި ތާރީޚް: 13 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 13:37
ސުންގަޑި: 18 ފެބުރުވަރީ 2019 13:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޕާރޓް ޓައިމް ލެކްޗަރަރއިން ހޯދުމާއި ގުޅޭ

ޕާރޓް ޓައިމް ލެކްޗަރަރއިން ހޯދުމާއި ގުޅޭ

 

           އިސްލާމިކް ސްޓަޑީޒްއާއި، ޝަރީއަތާއި ގާނޫނާއި ޢަރަބިބަހާއި ޤުރުއާންގެ ދާއިރާއިން ކިޔަވައި ދިނުމުގެ ޝައުޤުވެރިކަން ހުރި ޕާރޓް ޓައިމް ބޭފުޅުން މި ފެކަލްޓީއަށް ބޭނުންވެއެވެ.

            ޕާރޓް ޓައިމްކޮށް ކިޔަވައި ދިނުމަށްއެދި ހުށަހަޅުއްވާ ބޭފުޅުންގެ ތެރެއިން ކުރިން މިފެކަލްޓީގައި ކިޔަވައި ދެއްވާފައިވާ އަދި އެބޭފުޅުންގެ ކިޔަވައިދިނުން ރަނގަޅުކަމަށް ފާހަގަކުރެވިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

             ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 18 ފެބްރުއަރީ 2019 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން  އައި.ޑީ ކާޑުގެ ކޮޕީއަކާ އެކު ލިބިފައިވާ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ އަދި ''ރިކްއެސްޓު ފޯމް'' (https://tinyurl.com/ybe4cp6n ) މިފެކަލްޓީގެ އިދާރީ ބަޔަށް ހުށަހެޅުއްވުން އެދެމެވެ.

               ކުރިން މިފެކަލްޓީގައި ކިޔަވައިދެއްވާފައިވާ ބޭފުޅެއްނަމަ ހަމައެކަނި ރިކުއެސްޓް ފޯމް ހުށަހެޅުއްވުމުން ފުދޭނެއެވެ.

13 ފެބުރުވަރީ 2019