މަސައްކަތް
ނަންބަރު: (IUL)340/340/2019/7
ޕަބްލިޝްކުރި ތާރީޚް: 13 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 12:07
ސުންގަޑި: 13 ފެބުރުވަރީ 2019 13:00
އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
05 އަހަރުދުވަހުގެ މުއްދަތަށް ލޭބަރުން ރެކްރޫޓްކޮށްދޭނެ ފަރާތެއް ހޯދުން:

މި ރަށުގެ އިޖުތިމާއީ ސަރަޙައްދުތަކާއި، ގަބުރުސްތާނު ސާފުކޮށްބެލެހެއްޓުމާއި މި ރަށުގެ ކުނިމެނޭޖުކުރުމަށް ބޭނުންވާ ލޭބަރުންނާއި ޑްރައިވަރުން ރެކްރޫޓްކޮށްދޭނެ ފަރާތެއް ހޯދުމަށް މި ކައުންސިލުންކޮށްފައިވާ ނަންބަރު: (IUL)340/340/2019/1 (03 ޖަނަވަރީ 2019) އިޢުލާނާގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ 02 ފަރާތަކުންކަމަށްވާތީ އެ ހުށަހެޅުންތައް ބާޠިލްކޮށް އަލުން އެ މަސައްކަތްކޮށްދޭނެ ފަރާތެއްހޯދަން ބޭނުންވެއްޖެއެވެ.

            ވީމާ، މި ކައުންސިލަށް 05 އަހަރުދުވަހުގެ މުއްދަތަށް ލޭބަރުން ރެކްރޫޓްކޮށްދިނުމަށް ޝައުޤްވެރިވާ ފަރާތްތަކުން 2019 ފެބްރުވަރީ 24 ވަނަ ދުވަހުގެ 13:00 އަށް މި ކައުންސިލަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2019މާރިޗު 03 ވަނަ ދުވަހުގެ 13:00 އަށް މި ކައުންސިލަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

            މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރުމާއި، އަންދާސީހިސާބު ހުށަހަޅަން ޙާޟިރުވާންވާނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ރެކްރޫޓް އެޖެންސީތަކުން އެކަންޏޭވެ. އަދި، މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހަޅަން ޙާޟިރުވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހުށަހަޅަންޖެހޭނެއެވެ.

13 ފެބުރުވަރީ 2019