މަޤާމް: ފައިނޭންސް އޮފިސަރ
|
ބޭނުންވާ ޢަދަދު: 01 (އެކެއް)
|
ކުލެސިފިކޭޝަން: GS4
|
އަސާސީ މުސާރަ: -/5,020ރ
|
ސަރވިސް އެލަވަންސް: -/1,500ރ
|
ނޮންޕްރެކްޓިސިންގ އެލަވަންސް: އަސާސީ މުސާރައިގެ %35
|
އުޖޫރަޔާއިޢިނާޔަތްތައް
|
- ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު-/3,000 (ތިން ހާސް) ރުފިޔާ ދެވޭނެއެވެ.
|
މަޤާމުގެ ޝަރުތުތައް
|
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،
- މަޤާމުގެ މަސްއޫލިއްޔަތާއި ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު ދަށްވެގެން ސާނަވީ އިމްތިހާނުން "ދިވެހި" މި މާއްދާއިން "ސީ" ނުވަތަ އެއަށްވުރެ މަތީ ގްރޭޑް ލިބިފައިވުން.
ނުވަތަ،
- މަޤާމުގެ މަސްއޫލިއްޔަތާއި ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު ދަށްވެގެން ސާނަވީ އިމްތިހާނުން "ދިވެހި" މި މާއްދާއިން "ސީ" ނުވަތަ އެއަށްވުރެ މަތީ ގްރޭޑް ލިބިފައިވުން. އަދި މަގާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 1 އަހަރުދުވަހުގެ ތަޖްރިބާ ލިބިފައިވުން.
ނުވަތަ،
- މަތީ ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއިއެކު، ދަށްވެގެން ސާނަވީ އިމްތިހާނުން "ދިވެހި" މި މާއްދާއިން "ސީ" ނުވަތަ އެއަށްވުރެ މަތީ ގްރޭޑް ލިބިފައިވުން. އަދި މަގާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 2 އަހަރުދުވަހުގެ ތަޖްރިބާ ލިބިފައިވުން.
ނޯޓް: މި މަޤާމަށް ކަނޑައެޅިފައިވާ ޝަރުތު ތަކުގައި ހިމެނޭ ސަނަދުތަކަށްވުރެ މަތީސަނަދެއް ހާސިލުކޮށްފައިވާ ފަރާތްތައް އޯވަރ ކޮލިފައިޑް ކަމަށް ކަނޑައެޅޭނެއެވެ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް
|
- މާލީ އަދި އިދާރީ އެހެނިހެން ކަންކަމުގައި ކައުންސިލްތަށް އެހީތެރިވުމާއި މި އޮތޯރިޓީން ދޭންޖެހޭ ލަފާދިނުމުގެ އެންމެހާއި އިދާރީ މަސައްކަތްކޮށް ބެލެހެއްޓުން.
- ކައުންސިލްތަކުގެ ޕޭމަންޓް ވައުޗަރުތައް މިނިސްޓްރީ އޮފް ފިނޭންސަށް ފޮނުވުމަށް ޕާކްކުރާރުމާއި، ދިމާވާ މައްސަލަތައް ކައުންސިލްތަކާއި މިނިސްޓްރީ އޮފް ފިނޭންސާއި ކޯޑިނޭޓްކޮށް ހައްލުކުރުމުގެ މަސައްކަތް ކުރުން، އަދި ޕޭމަންޓް ވައުޗަރތައް ފައިލްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
- މި އޮތޯރިޓީގެ ފަރާތުން ކައުންސިލްތަކަށް އަމާޒުކޮށްގެން ހިންގާ އެކިއެކި ޓްރެއިނިންގ ޕްރޮގްރާމްތަކާއި ވޯކްޝޮޕްތަކުގައި ޢަމަލީ ގޮތުން ބައިވެރިވުން.
- މިނޫނަސް އޮފީހުގެ ކައުންސިލް ކޯޕަރޭޓް އަދި ކައުންސިލް ފައިނޭންސްގެ ދާއިރާއާއި ގުޅުންހުރި މާލީ އަދި އިދާރީ މަސައްކަތްކުރުން.
- މި އޮތޯރިޓީން ކަނޑައަޅާ ޝެޑިއުލްއާ އެއްގޮތަށް އޮފީސް ހުޅުވާ ލެއްޕުން.
|
މަތީގައިވާ މަޤާމަށް މީހަކު ހޮވުމުގައި ބަލާނޭ ކަންކަން
|
- މަތީގައިވާ މަޤާމަށް މީހަކު ނެގުމުގައި މިދާއިރާގައި މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވާ ފަރާތަކަށާއި، ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ، އަދި ބޭނުންވެއްޖެ ޙާލަތްތަކުގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ މީހަކަށް އިސްކަންދެވޭނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތައް ނުވަތަ ކޯސް ނިންމިކަމުގެ ލިޔުމުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.
- ހުށަހަޅާ ސެޓްފިކެޓްތަކުގެ ޓްރާންސްކްރިޕްޓުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- މަސައްކަތު ތަޖުރިބާގެ ލިޔުންތައް.
ނޯޓް:
- ހުށަހަޅާ ސެޓްފިކެޓްތަކަކީ ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކެއް ކަމުގައިވާނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވެލް ކަނޑައަޅާފައިވާ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ.
- (ވަޒީފާއަށް އެދޭ ފޯމާއިއެކު ހުށަހަޅާ ލިޔުންތަކަކީ އަސްލާއެއްގޮތްކަމަށް ސަރުކާރުގެ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލު /ޤާނޫނީ ވަކީލެއްގެ އޮފީހުން އެޓެސްޓުކޮށްފައިވާ ލިޔުންތަކަކަށް ވާންޖެހޭނެއެވެ. އަދި ޖީސީއޯލެވެލް، އެސް.އެސް.ސީ އަދި ޖީ.ސީ.އީ އޭލެވެލް އާއި އެޗް.އެސް.ސީ ފަދަ ސެޓްފިކެޓްތަކާއި ނަތީޖާ ސްލިޕްތައްވެސް އެޓެސްޓްކުރެވިފައި ހުންނަން ޖެހޭނެއެވެ. އެޓެސްޓު ކޮށްފައިހުންނަ ލިޔުންތަކުގައި އެޓެސްޓު ކުރި ތާރީޚާއި އެޓެސްޓު ކުރި ފަރާތުގެ ނަމާއި މަޤާމު އަދި ސޮޔާއިއެކު، އެޓެސްޓް ކުރީ ކޮން އިދާރާއެއް ނުވަތަ ކޮން ފަރާތެއްކަން އެޓެސްޓްކުރާ ތައްގަނޑުގައި ޖަހާފައި އޮންނަން ވާނެއެވެ.
- މަސައްކަތު ތަޖުރިބާ ލިޔުމުގައި އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި މަޤާމުގެ މަސްއޫލިއްޔަތުގެ އިތުރުން ވަޒީފާ އަދާކޮށްފައިވާ ގޮތް އެނގޭނެފަދަ ރަސްމީ ލިޔުމެއްކަމުގައި ވާންވާނެއެވެ. އަދި ސަރުކާރު ނުވަތަ ސަރުކާރު ޙިއްސާވާ ކުންފުންޏެއް ނޫން ތަނެއްގެ ލިޔުމެއް ހުށަހަޅާނަމަ އެތަނެއްގެ މުވައްޒަފުންގެ އަދަދު ލިޔުމުގައި ހިމެނެންވާނެއެވެ.
|
ސުންގަޑި
|
- މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައިވާ ލިޔުންތަކާއިއެކު 2019 ފެބްރުއަރީ 20 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން މި އޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު
|
- ވަޒީފާއަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 15:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިން، ގްރައުންޑު ފްލޯ) އިންލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
- މި ވަޒީފާތަކަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަކަށްވުރެ ގިނަ ނަމަ އިންޓަވިޔު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކާއި އެވެ.
- ފޯމުގައިވާ ހުރިހާ ބައިތައް ފުރިހަމަކުރަންވާނެއެވެ. އަދި ފޯމު ފުރާފައި ހުންނަންވާނީ ދިވެހި ބަހުންނެވެ.
- ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމުތަކާއި މައުލޫމާތާއި ލިޔެކިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލުކުރެވޭނެއެވެ.
- އިތުރު މަޢުލޫމާތު މި އޮތޯރިޓީގެ ނަންބަރު 3006724 އިން ސާފުވާނެއެވެ.
|