ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)246/246/2019/8
ޕަބްލިޝްކުރި ތާރީޚް: 13 ފެބުރުވަރީ 2019
ޕަބްލިޝްކުރި ގަޑި: 11:09
ސުންގަޑި: 24 ފެބުރުވަރީ 2019 13:00
ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްލޭނިންގ އޮފިސަރ

މަޤާމް:

ޕްލޭނިންގ އޮފިސަރ

މަޤާމުގެ ނަންބަރު:

J-285004   

ބޭނުންވާ އަދަދު:

01 ( އެކެއް )

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާ / ހއ. މޮޅަދޫ

މުސާރަ:

މަހަކު 5610.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2000.00 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް 2:

މަހަކު 700.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  • ސިވިލް ސަރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ސިވިލް ސަރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. (މީގެ އިތުރުން މަޤާމަށް އިތުރު ޢިނާޔަތެއް ކަނޑައަޅާފައިވާނަމަ އެ ޢިނާޔަތްތައް)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ރަށުގެ ތަރައްޤީގެ ޕްލޭން ހެދުމާއި ބިމުގެ ބަޖެޓް ތައްޔާރުކުރުން
  • ކައުންސިލްގެ ވޭތުވެދިޔަ 6 މަސްދުވަހުގެ ރިޕޯރޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
  • ރުއްގަހުގެ ރަޖިސްޓްރީ ބެލެހެއްޓުން
  • ކައުންސިލްގެ މަޝްވަރާގެ މަތީން ރަށުގައި ރުއްގަސް އިންދުމަށާއި، ހޭޅިފަށާއި، ގޯތިދިނުމަށާއި، ހުސްބިންތައް ހުންނަންޖެހޭ ތަންތަން ރަށުގެ ޗާޓުން ފާހަގަކޮށް ކުރަންޖެހޭ އެންމެހައި ދިރާސާތައް ކުރުން.
  • ދިވެހިރައްޔިތެއްކަން އަންގައިދޭކާޑު ހެއްދުމަށް ބޭނުންވާ ފޯމް ޗެކްކޮށް އައިޑީކާޑު ހެއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • މިސްކިތްތަކާއި މިސްކިތް ތަކުގެ މުވައްޒަފުންގެ އެންމެހައި ކަންތައް ޤަވާޢިދާ އެއްގޮތަށް  ބެލެހެއްޓުން.
  • ވިހާމަރުވާއާއި، ރައްވެހިންގެ ރަޖިސްޓްރީ އަދި އެއްރަށެއްގެ ރައްވެއްސަކު އަނެއް ރަށެއްގެ ރައްވެއްސަކަށް ބަދަލުވުމުގެ މައްސަލަތައް ޤަވާޢިދާއެއްގޮތަށް ބެލެހެއްޓުން.
  • އެއްގަމާއި ކަނޑުގައި ދުއްވާ ތަކެތީގެ ރަޖިސްޓްރީ ލިޔެ ބެލެހެއްޓުން.
  • ގޮއި ފާލަންބަ ހިންނަފަދަ ތަންތަނުގެ ރަޖިސްޓްރީ ލިޔެ ބެލެހެއްޓުން
  • އެކިއެކިކަންކަމަށް ބިންދޫކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތައް
  • ވިއްސާރައާއި ގުދުރަތީ ގޮތުން ލިބޭ ގެއްލުންތަކާއި ރަށުގެ ތިމާވެއްޓަށް ލިބޭ ގެއްލުންތަކުގެ މަޢުލޫމާތާއި ފޮޓޯ ކަމާގުޅޭ ފަރާތްތަކަށް ފޮނުވުން.
  • އިދާރާގެ އަހަރީ ރިޕޯޓް ތައްޔާރުކުރުމާއި ފޮނުވުން.
  • ރަށުގެ މަގުތައް މަރާމާތުކޮށް ބެލެހެއްޓުމުގެ އެންމެހާ މަސައްކަތްތައް ހިންގުން.
  • ރަށުގެ ތަޢުލީމީ ހަރަކާތްތަކުގައި ކައުންސިލް އިދާރާއިން ކުރަންޖެހޭ ކަންކަން ކުރުން.
  • ފެތުރޭ ރޯގާއެއް ފެށިއްޖެނަމަ އެރޯގާއާއި ބެހޭގޮތުން ރަށުގެ ސިއްހީމަރުކަޒާއި ގުޅިގެން ރޯގާ ކޮންޓްރޯލްކުރުމުގައި މިއިދާރާއިން ދޭންޖެހޭ އެހީތެރިކަން ދިނުން
  • ބަލިމީހުންނާއި ބެހޭ ކަންތައްތަކާއި ސަރުކާރުގެ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއިބެހޭ ކަންތައްތައް.
  • އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި ޚާޢްޞަ އެކިއެކި އިނާމަށް ނަން ހުށަހަޅަންޖެހޭ ފަރާތްތަކުގެ މަޢުލޫމާތު ކަމާބެހޭ އިދާރާއަށް ފޮނުވުން.
  • އިދާރާއިން ހިންގާ އެކިއެކި ޕްރޮޖެކްޓްތަކާއި މަސައްކަތްތަކާއި، އެހެނިހެން ކަންކަން ޕްލޭން ކުރުމުގައި އިސްވެ ހަރަކާތްތެރިވުމާއިއެކު އެފަދަ ކަންކަން ޕްލޭންކުރުމުގައި ރައްޔިތުންނަށާއި، އިދާރާއަށް އޭގެ ފައިދާ އެންމެ ފުރިހަމައަށް ލިބޭގޮތަށް ކަންކަން ރާވާ ހިންގުން.
  • ކައުންސިލްގެ މެންޑޭޓްގައި ހިމެނޭކަންކަން ޕްލޭން ކުރުމާއި ޕްލޭނިންގ އޮފިސަރެއްގެ ހައިސިއްޔަތުން ކައުންސިލްގެ ކަންކަން ޕްލޭންކުރުމުގައި އެފަދަ ޕްލޭންތަކުން ރައްޔިތުންނަށް ނުވަތަ އިދާރާއަށް އޭގެ ސަބަބުން ގެއްލުމެއް ލިބިދާނެ އެއްވެސްކަމެއް ޕްލޭންކުރުމުގެ ތެރޭގައި ހިމެނިފައިވޭތޯ ރަނގަޅަށް ބަލާ އެފަދަ ކަމެއް ހިމެނިފައިވާނަމަ ކައުންސިލް ހިންގުމާ ޙަވާލުވެ ހުންނެވި އިސްފަރާތަކަށް އެންގުމާއިއެކު އެކަން އިސްލާހްކުރުމަށް މަސައްކަތްކުރުން.
  • ޤާނޫނު ނަންބަރ 2010/7 ގެދަށުން ކައުންސިލުން އެކަށައަޅާފައިވާ ޕްލޭންގައި ހިމެނޭ މަޝްރޫޢުތައް ހިންގުމުގައި ކައުންސިލުން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި އެއްގޮތަށް ކައުންސިލް އިދާރާގެ ވެރިންގެ އިރުޝާދުގެ ދަށުން ކުރަންޖެހޭ އެންމެހާ އިދާރީ އަދި ޓެކްނިކަލް މަސައްކަތްކުރުން.
  • ޤާނޫނު ނަންބަރ 2010/7 ގެ 23 ވަނަމާއްދާގެ (ނ) ގައިވާ ފަދައިން ސަރުކާރުން އެކަށައަޅާ މަޝްރޫޢު ތަކުގެ ތެރެއިން ކައުންސިލުން ތަންފީޒުކުރުމަށް ކައުންސިލާއި، ސަރުކާރުން ޙަވާލުކުރައްވާ ތަރައްޤީގެ މަޝްރޫޢުތައް ހިނގާނުހިނގާގޮތް ބަލައި ބަލަހައްޓަންޖެހޭ ލިޔެކިޔުންތައް ބެލެހެއްޓުމާއި، ހަދަންޖެހޭ ރިޕޯޓްތައް ހަދައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމުގެ އެންމެހާ މަސައްކަތްތައް ކުރުން.
  • ކައުންސިލް އިދާރާގެ މެންޑޭޓްގައި ހިމެނޭ އެންމެހާ މަޝްރޫޢުތަކުގެ އިދާރީ އަދި ޓެކްނިކަލް މަސައްކަތްތައް ކައުންސިލް އިދާރާގެ ވެރިންގެ އިރުޝާދުގެ ދަށުންކުރުން.
  • މީގެއިތުރުންވެސް ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާޢިދުތަކާއި އެއްގޮތްވާ ގޮތުގެމަތިން ވެރިން އަންގަވާ އިދާރާގެ މަސައްކަތްތައް ކުރުން.

 މަޤާމުގެ ޝަރުޠުތައް:

ބިޒްނަސް އެޑްމިނިސްޓްރޭޝަން ، ބިޒްނަސް މެނޭޖުމަންޓް ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާއަދާކުރާ އޮފީހުން ދޫކޮށްފައިވާލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

 (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6.  ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7.  ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8.  މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

   (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކްފޯމް 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު
  • މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު
  • މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލްކަމާއި ސިފަތައް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 24 ފެބުރުވަރީ 2019 ގެ 13:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ ، 2019 މާރިޗު މަހުގެ ތެރޭގައި ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާގައި ނުވަތަ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގައެވެ. 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ރަސްމީގަޑިގައި 6500031 ނަންބަރުފޯނާއެވެ.

13 ފެބުރުވަރީ 2019